ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 16,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ނެރެފައިވާ ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 42,126 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 16,765 ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަދި ހަމަލާތަކުގެ ސަބަބުން ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި 10,000 އަށްވުރެ ގިނަ މީހުން ތާށިވެ ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޔަހޫދީންގެ ހަމަލާތަކަަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ އަދަދު 98,116 އަށް އަރާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހަމަލާތަކުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި 749 މީހުން ޝަހީދުކޮށްލާފައިވާއިރު, އޭގެ ތެރޭގައި 164 ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 6,250 އަށް އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެެ.

