މައުލޫމާތު
ފަތިސް ތަރި: ޅަ ކުއްޖަކާ އިނުމަކީ މައްސަލައެއްތަ!

ކައިވެނީގެ އުމުރު ތަފާތުވުމަކީ މައްސަލައެއްތޯއެވެ. ކައިވެނީގެ ގުޅުމުން ގުޅުމަށް ކޮންމެހެން ވަކި އުމުރެއް ނެތް އިރު ކައިވެނީގެ ގުޅުމަކީ ވަރަށް މަތިވެރި ގުޅުމެކެވެ. ނަމަވެސް ބަޔެއްމީހުން އުމުރު ތަފާތުކޮށް ކައިވެނީކުރުމުން އެކަން ވަރަށް ގިނަ ބަޔަކަށް ބޮޑު މައްސަލައަކަށް ވެއެވެ. އަދި އެފަދަ ކައިވެންޏެއް ކޮށްފިނަމަ ވަރަށް ބޮޑަށް ފާޑުވެސް ކިޔާއުޅެއެވެ.

މީހުން ތަފާތު އުމުރުގެ މިހުންނާއި ކައިވެނިކޮށް އުޅެނީ މި ޒަމާނުގައެއްނޫނެވެ. އެއީ އިހުޒަމާނުގަވެސް ކޮށް އުޅޭ ކަމަކެވެ. ނަމަވެސް ގިނ ފަހަރަށް މައިންބަފައިން ދަރިން ގަދަކަކުން ދޮށީ އުމުރުގެ މިހުންނާއި ކައިވެނި ކުރުވަނީ އެމީހާގެ ފައިސާ އާއި ތަނަވަސް ކަމުގެ ބޭނުމުގައެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނައިން ފެންނަނީ އުމުރުގެ ކުޑަ ތަފާތަކާއެކު ވެސް އަންހެން މީހާއަށްވުރެ ދޮށީ ފިރިހެނުންނާއި އަންހެނުން ކައިވެނުން ކައިވެނިކުރާ ތަނެވެ. 10، 15، 20 އަހަރުގެ ފަރަގާއެކުވެސް ކައިވެނިތައް ފެނިފަ އެބަ ހުއްޓެވެ. މިފަަދަ ކައިވެނިތައްވެސް ހަމަ ލޯބިވާކަމުގައިވާނަ ފެންނަނީ އުޖާލާކޮށެވެ.

މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ އެއްވާހަކައަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ބ. ކަމަދޫ އާމިނަތު ޒާރާ ދެމީހުން ކައިވެނީގެ ގުޅުމުގެ ވާހަކައެކެވެ. މިއީ މުޅި ސޯޝަލް މީޑިއާ އެންމެ ބޮޑު ސަމާލުކަމެއް މިހާރު އައިސްފައިވާ ކައިވެންޏެވެ. ދޭދޭ ކޮންމެ މީހަކުވެސް ފެންނައިރަށް ޒާރާއި ޝިޔާމްގެ ކައިވެނީގެ ވާހަކަ ނުދައްކާ އެކަކުވެސް ނެތެއެވެ.

އަޟްހާ އީދުގައި ޙާއްސަ ނެށުމުގެ ހުނަރެއް ދެއްކި މި ޒުވާން ޖިއްސުއްލަތީފާއި 55 އަހަރުގެ ޝިޔާމް ކައިވެނީގެ ގުޅުމުގެ ވާހަކަ ދައްކަނީ ވެސް ހަގީގަތުގައި ސަބަބެއް އޮވެގެންނެވެ. ވާނީވެސް އެހެންތާއެވެ. ޒާރާގެ އުމުރުން 23 އަހަރެވެ. ޝިޔާމްގެ އުމުރުން 55 އެކެވެ. ދެމީހުންގެ އުމުރުގައި 32 އަހަރުގެ ތަފާތު އެބަ ހުއްޓެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވިޔަސް މި ކައިވެނިވެސް މިހާރު ވަނީ ކޮށްފައެވެ. ޝިޔާމްގެ އެންމެ ހަނގު އަންބެއްގެ ގޮތުގައި ޒާރާއިން އިން އިރު ޒާރާގެ ހާސްކަމެއް ނެތެވެ. އެ ކައިވެނީ ރަންކިއުމުންފެށިގެން ކައިވެނި ޕާޓީ ތެރެއިން ވެސް ފެނުނީ އެދެމީހުންގެ ލޯބީގެ ގުޅުން ވަރުގަދަކަމެވެ. ޒާރާގެ ހިތްގައިމު ލަވަތަކާއި، ގުރޫޕް ޑާންސް ވެސް އެހާމެ ފުރިހަމައެވެ. މިއީ އެއް އުމުރުގެ ޒުވާނަކާއި ކައިވެނި ކުރި ނަމަވެސް ފެންނާނެ ކަންތައްތަކެވެ. ޒާރާއި ޝިޔާމްގެ ކައިވެނިން ފެނުނީ ލޯތްބާއި އެކު ކުރި ކައިވެންޏެއްގެ މަންޒަރާއި އަޑެވެ.

އުމުރު ތަފާތުވެގެން މީހުން ފާޑުކިޔާއިރު، ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހީމްގެ ހަނގު އަނބި ރާނިޔާ އާއި ގާސީމް ދެމީހުންގެ އުމުރުގެ ތަފާތަކީވެސް ގަބޫލުކުރަން ދަތި އުމުރެކެވެ. އެދެމީހުންގެ އުމުރުގައި 49 އަހަރު ތަފާތެވެ. ޝިޔާމް އާއި ގާސިމް މި ދެމީހުން ރާއްޖޭގެ ބޮޑު ދެ މަހުޖަނުން ކަމަށްވާއިރު ޒުވާން ލޯބީގައި އަދިވެސް ތިބީ ހަމަ ގަދަކޮށެވެ.

މީދު ދާއިރާގެ މެމްބަރު ޝިޔާމްގެ އަނބިކަބަލުްންާާއި މާމިގިލިދާއިރާެގ މެމްބަރުގާސިމް އިބްރާހީމްގެހަނގު އަބި:ފޮޓޯ ސޯޝަލް މީޑިއާ

ޅަ ކުއްޖަކާ އިނުމަކީ މައްސަލައެއް ނޫނެވެ. ހިތް ކިޔާ ކަމުގައިވާނަމަ ހަމަ އިންނަން ވީއެވެ. އުމުރަކީ ހަމަ ނަމްބަރެކެވެ. ކައިވެންޏަށް ފާޑު ކިޔާ ފަރާތްތަކަށް ދޭން ބޭނުނުވާ މެސެޖަކީ ކައިވެންޏެއް ބައްޓަން ކުރާނެ ގޮތް ކިޔާ ފާޑު ކިއުމަށްވުރެ މޮޅު ގޮތަކީ ކައިވެނިވާން ހުރި ދެމީހަކަށް އެ މާތް ގުޅުމުން ގުޅުމަށް ފުރުސަތުދިނުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޥވވ ބޮޑު ތެދުފުޅެއް. ހަމަ ސަތޭކައިގެ ވާހަކަ އެއް.
    ބައެއް މީހުނަށް ވާގޮތަކީ ބަޔަކަށް އުފަލެއް ލިބުނީމަނީމަ ހަސަދަ ވަނީ