ހުޅުމާލޭގައި އެކްސިޑެންޓެއްވެ، 4 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ދެ ސައިކަލެއްޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިިބި 4 މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ކުޑަކުއްޖަކަށް ވެސް ވަނީ އަނިޔާވެފައި. ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.