މާލޭގައި އިމާރާތް ކުރާ ވަގުފު ބިލްޑިންގްގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤުފް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ 64 ނަންބަރު ކޮށީގައެވެ.
އިސްލމިކް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ އެ އިމާރާތުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައިވެސް ވަޤުފް އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ.
މި ދެ މަޝްރޫޢުއަކީ އެ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް ވަނީ ބުނެފައެވެ.