ޚަބަރު
އެއާޕޯޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އާންމު ހާލަތަށް ގެނެވޭނެ: ވަޒީރު އަމީން

ގއ.ކޫއްޑޫ އެއާޕޯޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އާންމު ހާލަތަށް ގެނެވޭނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ ގއ.ކޫއްޑުއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފައެވެ. އެއީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވުމުގެ ސަބަބުންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ވަޒީރު އަމީން ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީ ގެއްލުމާ ގުޅިގެން ކަމަށެވެ.

އެގޮތުން ވުޒާރާގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއާޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ. ވަޒީރު ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓު. ރަންވޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ފޮޓޯ: އެންގާ އަހުމަދު/ފޭސްބުކް

ދަތުރުތައް ހުއްޓައިލި ސަބަބާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު އިއްޔެ ”ހުވަދޫ” އަށް ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ހަލާކުވެފައި އޮއްވާ ދަތުރުކުރާނަމަ، ބޯޓާއި، ފަސިންޖަރުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ފަސިންޖަރުންގެ ރައްކާތެރިކަން މާ މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

ރަންވޭގެ މައްސަލަތައް ހައްލު ކުރާހާ އަވަހަށް އަލުން ދަތުރުތައް ފަށާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!