ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަށް ”އެމްޕަވަމަންޓް ހަބް” ގާއިމުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް “އެމްޕަވަރމަންޓް ހަބް” ގެ ނަމުގައި ޚާއްސަ މަރުކަޒެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ނިންމައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ މިހާރު އެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްސަ މަރުކަޒެއް ކަމަށެވެ. އެގޮތުން މި މަރުކަޒު ގާއިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބި، އެމީހުންގެ ގާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ. މިއީ އެމީހުންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުސަތެއް.

މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާއި ނުލާ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދައިން އިމާރާތުގެ އިންތިޒާމްތައް ހަމަޖެއްސޭނެ ކަމަށެވެ. އެގޮތުން މި މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް މާހައުލަކުން ޚިދުމަތް ލިބިގެންދާނެ މަރުކަޒަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެމްޕަވަރމަންޓް ހަބުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިން ހޯދުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަރުކަޒުގެ ޒަރިއްޔާއިން ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޖުތިމާއީ ޒިންމާ އަދާކުރުމަށް ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެމްޕަވަރމަންޓް ހަބް ގާއިމުކުރުމަށް މި މަރުކަޒު ހިންގާނެ ގޮތުގެ މޮޑެލް ފައިނަލް ކުރުމާއި، މަރުކަޒު ހިންގާނެ ޖާގަ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!