ޚަބަރު
އެމްއާރްއެމް އުވާލަން ނިންމާފައިވާތީ، ދަރަންޏެއް އޮތްނަމަ ހުށަހަޅަން އަންގައިފި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ކުރަމުންދާތީ، ޕާޓީގެ ދަރަންޏެއް އޮތްނަމަ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގައިފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދަށް 3,000 މެމްބަރުން ހަމަވެފައިނުވާތީ އެމްއާރްއެމް އުވާލުމަށް އީސީއިން ނިންމާފައިވަނީ މިދިޔަ އޮގަސްޓުމަހުއެވެ.

އީސީއިން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެމްއާރުއެމް އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީހަށް އެކަން ހުށަހަޅައި ނިންމުމަށް އެދޭ ކަމަަށް އީސީއިން ބުންޏެވެ.

ގާނޫނު ލާޒިމުކުރާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން އެމްއާރްއެމް އުވާލަން އީސީއިން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރު މެއި މަހުގައެވެ. އެގޮތުން އެ ޕާޓީގެ ފަރާތުން އެ ނިންމުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމުގައި ބުނީ ޕާޓީ އުވާލަން އީސީއިން ދިން ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ދިން ނޯޓިސްއެއް ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!