ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 689 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 689 ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ެއެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން މިއަދު އިތުރު 09 ގޯތި، ގޯތީގެ ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ޖުމުލަ 689 ގޯތި ވަނީ މިހާތަނަށް ވެރިފަރާތްތަކަށް ހަވާލުކުރެވިފައި. މިނިސްޓްރީން ބުންޏެވެ.

މި ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން 1,380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފައެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވައިލި ފުރުސަތުގައި ޝަރުތު ހަމަވި 19,639 މީހުންނަށް ގޯތި ލިބުނެވެ. އެއީ 9,001 ގޯއްޗެވެ.

އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން 1,351 ގޯތި، ގުޅިފަޅުން 2,218 ގޯތި އަދި ގިރާވަރުފަޅުން 5,432 ގޯއްޗެވެ.

ހުޅުމާލެއިން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ސަރުކާރުން ގޯތިތައް ދޫކޮށްފައި ހުރީ އެއްވެސް ބެލުމެއްނެތި ކަމަށާއި، މަގުމައްޗަށް އަރާ ގޮތަށް 150 އެއްހައި ގޯތި އެބަހުރި ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންވެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!