ޚަބަރު
ހުރަވީ ސްކޫލުގައި 13 އަހަރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ހުރަވީ ސްކޫލުގައި 13 އަހަރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ފާޠިމަތު ޝިމާ މުޙައްމަދެވެ.

ޝިމާ ނިޔާވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝިމާ ނިޔާވި ޚަބަރު އެއްސެވީ ފުން އަސަރާއި، ކަންބޮޑުވުމާއެކު ކަމަށެވެ.

ރައީސް ވަނީ ޝިމާގެ ބެލެނިވެރީންނަށާއި، އާއިލާއަށާއި، ރަހުމަތްތެރީންނަށާއި، ޝިމާއާ އެކުގައި ކިޔަވަމުންދިޔަ ކުދީންނަށާއި، ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި، މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށާއި، މާތް ﷲ ގެ ތަނަވަސް ރަހުމަތާއި ނިއުމަތުގައި، އެ މައުސޫމް ދަރިވަރު ލެހެއްޓެވުން އެދި ދުއާ ދަންނަވައިފައެވެ.

ފުލުހުން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޝިމާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. 

ޝިމާ ނިޔާވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!