ޚަބަރު
ޕީޕީއެމް އުވާލަން ނުނިންމާ، ސެނެޓް ބައްދަލުވުމުގައި ހުސްވެފައިވާ މަގާމްތަކަށް މީހުން އައްޔަންކުރުން ހިމެނޭ!

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދުނު އެންމެ ކާމިޔާބު ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް ) އުވާލުމަށް ނިންމައިފިކަމަށް އަޑު ފެތުރިފައިވަނިކޮށް އެފަދަ ކަމެއް ނުނިންމާކަން ކަށަވަރުވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ މިހާރު ކުރިއަށްދާ އެޕާޓީގެ ސެނެޓް ބައްދަލުވުމުގައެވެ. ސެނެޓް ބައްދަލުވުމުގައި އެޕާޓީގެ ހުސްވެފައިވާ މަގާމްތަކަށް މީހުން އައްޔަންކުރައްވާފައިވެއެވެ. ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވަނީ އައްޔަނުކުރައްވާފައެވެ. ބައްދަލުވުމަށް ހާޒިރުވީ 35 ސެނެޓަރުންނެވެ. ދެން ތިބި ސެނެޓަރުން އޮންލައިންކޮށް ވަނީ ބައިވެރިވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޭސްތިރި ކަމުގައި 27 އޮކްޓޯބަރ 2011 ގައި ރަޖިސްޓްރީ ކުރި ޕީޕީއެމްއަކީ 2013 ވަނަ އަހަރުން ފެށީގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެއް ދައުރު ވެރިކަން ކުރެއްވި ޕާޓީއެކެވެ. 2014ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމުން 33 ގޮނޑިއާއެކު ބޮޑު ކާމިޔާބީއެއް ހޯދިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ފުރަތަމަ ހަވާލުކުރީ ޔާމީނަށެވެ. ނަމަވެސް، ޔާމީން އޭރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅި އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތަކަށް، އެ މަނިކުފާނުގެ ބެކްއަޕް ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ނިންމައި ވާދަކުރާނެ ކެންޑިޑޭޓެއް ނެރުމަށް ވޯޓަކަށް ދިޔައެވެ. މިހާރުގެ މިނިސްޓަރ އާދަމް ޝަރީފް އުމަރުއާއި ވާދަކޮށް ކާމިޔާބު ކުރެއްވި ޑރ މުހައްމަދު މުއިއްޒެވެ. އެހެންނަމަވެސް ޖަލުން ފޮނުވި ނޯޓެއްގައި އިންތިހާބު ބޮއިކޮޓުކުރުމަށް ރައީސް ޔާމިން އެންގެވި ކަމަށް ބައެއްފަރާތްތަކުން ހާމަކުރިއެވެ. ނަމަވެސް ސެނެޓުން ނިންމީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމަން ޔާމީން ހުށައެޅުއްވުމަށެވެ. އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމްގެ ގިނަމެމްބަރުން އިއްތިފާގު ނުވާތީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމީ ރައީސް ޑރ މުއިއްޒުއަށް ތާއީދު ކުރެއްވުމަށެވެ.

ގައި އެޕާޓީގެ 34698 މެމްބަރުން އެބަތިއްބެވިއެވެ. މިއީ ރާއްޖޭގައި ދެވަނައަށް އެންމެ މެމްބަރުން ގިނަޕާޓީއެވެ. ވެރިކަން ކުރާ ޕީއެންސީގެ ދަފްތަރުގައި 28983 މެމްބަރުން އެބަތިއްބެވިއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނައީ އެމްޑީޕީއެވެ. އެއީ 50851 މެމްބަރުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!