ރިޕޯޓް
ފަތިސް ތަރި: އެސްފީނާގެ ސަބަބުން އިންސާނާ އެނދުމަތިކޮށް ޒިންދަގީ ދުއްވާލާ!

އެސްފީނާ އަކީ ކޮބައިކަން އެގޭ ހެއްޔެވެ. އެސްފީނާގެ ނުބައިކަމާއި ބިރުވެރިކަން އެގޭ ނަމަ އެފަދަކަންކަމުން ރައްކާތެރިވާނެ ކަން ޔަގީނެވެ. އެސްފީނާގެ އަސްލަކީ ހަސަދައެވެ. އެސްފީނާ އަކީ ހަސަދަވެރިވުމުގެ ސަބަބުން ވިސްނާ ވިސްނުންތައް ބަދަލުވެ ކުރެވޭ ކަންތައްތަކަށް ކިޔާ ނަމެކެވެ. މިފަދަ މީހުން ތަޢުރީފުގެ ބަސްތައްވެސް ބުނެއުޅެވެ.

އެސްފީނާގެ ޝިކާރައަކަށްވާމީހާ އޭނާގެ ނަސީބު ގެއްލި ކަނުއަދިރިކަމާ ކުރިމަތިލާން ޖެހެއެވެ. އަދި ބަލިވުމާއި، މުއްސަނދިކަން ނުވަތަ ޢާއިލާ ގެއްލުމާއި، ނުވަތަ ޢާންމު ބަދުނަސީބުގެ ސިލްސިލާއެއްގެ ގޮތުގައި ދުވަސްތައް ގުނަންޖެހެއެވެ.

ސޯޝަލް މީޑިއާއިން އެސްފީނާގެ އަސަރުކުރޭތަ!

އިންސްޓަގްރާމް، ފޭސްބުކް، ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކު ދަނީ އަމިއްލަ ދިރިއުޅުން އާންމު ކުރަމުންނެވެ. މިގޮތަށް ދިރިއުޅުން އާންމުކުރެވޭއިރު، އެ މީހުންގެ ދިރިއުޅުން ހުންނަ ނުހުންނަ ގޮތް ކޮންމެ ދުވަހަކުވެސް ބަލާމީހުންތިބެއެވެ. އަދި އޮންލައިންކޮށް ރައްޓެހިންނާއި ޢާއިލާއާ ގުޅިފައި ތިބިނަމަވެސް ސޯޝަލްމީޑިއާ މިއީ އެސްފީނާގެ ލޯތައް ވަރަށް ބޮޑަށް އަމާޒުވާ އެއްދިމާއެވެ. ފައިދާހުރި ކަމެއް ކަމުގައިހީވި ނަމަވެސް، ކޮންމެ ދިމާލަކުންވެސް ނުބައި ލޯތައް ފޮރުވިފައިވާނެ ކަން ދަންނަން ޖެހެއެވެ.

ލައިކްސް އަދި ކޮމެންޓް ސެކްޝަނަކީ ގިނަ މީހުން ޕޯސްޓްކުރާ ހަމައެކަނި ބަޔަށްވި ނަމަވެސް ރުޅިވެރިކަން ނުވަތަ ތައުރީފު އުފެދިދާނެ ފަދަ ލޯތަކެއް އަބަދުވެސްދާނީ އަޅަމުންކަންދަންނަންވާނެއެވެ. އެހެންކަމުން އެފަދަ ކޮންމެ މީހަކީ ކޮމެންޓް ކުރާނެ މީހެއްވެސް ނޫނެވެ. މަންޒަަރު ބަލަމުންދާ އެމީހުންނަށް އިހުސާސްކުރެވޭ ގޮތް ކޮންޓްރޯލެއް ނުކުރެވޭތީ، ހިތުން ހަސަދައިގެ ތީރު ދޫކުށްލެވެއެވެ. ކަންމިހެން އޮތުމުން އޮންލައިންކޮށް ދިރިއުޅުން ހާމަކުރަން އިޚްތިޔާރުކުރާ ގޮތް ކޮންޓްރޯލް ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

އެސްފީނާގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލާންޖެހި މީހާގެ ދިރިއުޅުން ހަލާކުވަނުންދާތީ އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ދުޢާކުރުމެވެ. އަދި އެސްފީނާއިން ރައްކާތެރިވެ މީހުންގެ ލޯތަކަށް ފޮރުވިގެން ހުރުމެވެ. ދުޢާއަކީ އެންމެ ބާރުގަދަ އަޅުކަމެކެވެ. ހަސަދަވެރި ލޯ ތަކުގެ ނުރައްކަލާއި އަލާމާތްތަކުން ރައްކާތެރިކަމާއި ޔަގީންކަން ހޯދުމަށް ބަރޯސާވާންވީ ހަމައެކަނި އެކަލާނގެއަށެވެ.

ނުބައި ލޮލަކީ ކްލިނިކަކުން ފަރުވާދެވޭނެ ފަދަ ލޯތަކެއް ނޫނެވެ. މިފަދަ ނުރައްކަލުން ސަލާމަތްވެވޭނީ الله ތަޢާލާގެ ޙަޟްރަތަށް އެނބުރި އެކަލާނގެ ޙަޟްރަތަށް އެދެވިގެންނެވެ. އެހެންކަމުން އެސްފީނާގެ ސަބަބުން މީހާ ގަބުރަށް ވައްޓާލުމުގެ ކުރިން الله ތަޢާލާ އަށް ދުޢާކުރުންމަތީ ސާބިތުވެ ހުންނަންޖެހެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!