ޚަބަރު
ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކަމުގެ ލިޔުން މާދަމާއިން ފެށިގެން ޕޯޓަލްއިން ލިބޭނެ: އީސީ

ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުރާސްފަތި ދުވަހު ބުނީ، އެ ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ، ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު ހިމެނޭ ލިޔުން އޮންލައިން ޕޯޓަލް my.elections.gov.mv “މައި ޕޯޓަލް” މެދުވެރިކޮށް ލިބޭނެ ކަމަށް އީސީއިން ބުންޏެވެ.

މި ޚިދުމަތުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ، އެކަމުގެ ލިޔުންވެސް ޕޯޓަލްއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތަށް އެދޭއިރު، އިތުރު އެއްވެސް ލިޔެކިއުމެއް ބޭނުމެއް ނުވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!