ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ 15 ވަނަ މަކިޓާ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓްތައް ފަށައިފިއެވެ.
މިއަދު ހެނދުނު އިވެންޓްތައް ފެށިނަމަވެސް މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ އެސިޓީގައި އޮންނާނެއެވެ.
868 އެތްލީޓުން ބައިވެރިވި މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯގެ މަކިޓާ ބްރޭންޑެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރ ވިދާޅުވީ މިފަހަރުގެ މުބާރާތަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު ފުރިހަމަ ވާނެ މުބާރާތެއް ކަމަށާއި، މުޅި ފުވައްމުލަކު ސިޓީ އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މުބާރާތް ކާމިޔާބު ކާމާއިއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާކަމަށެވެ.
މިފަހަރުގެ މުބާރާތް ވެގެން ދާނީ އެހެން މުބާރާތްތަކާއި އަޅާބަލާއިރު އިންތިޒާމްތައް ރަނގަޅު މުބާރާތެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތައް ފުވައްމުލަކު ސިޓީވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.