ކައިވެނީގެ މާތް ގުޅުމަކީ އެންމެ މަތިވެރި އެއް ގުޅުމެވެ. އެގުޅުން ދެމެހެއްޓޭނީ ކައިވެނީގެ މަތިވެރިކަމާ އެގުޅުމުގެ މަގްސަދު އެނގިގެންކަން ކަށަވަރެވެ. މިގުޅުން އިތުރަށް ހަރުދަނާކުރެވޭނީ ވެސް މި ބުނާ ބީދައިން މިކަންކަން ހުރެގެންވެސް މެއެވެ. ކައިވެނީގުޅުމަކުން ދެމީހަކު ގުޅި އެކުގައި ދުވަސްތައް ހޭދަކުރުމަށްފަހު ވަކިވާ ހިސާބަށް ދާތަންވެސް ފެނެއެވެ. އެހާ ހިސާބުން ފެންނަނީ ހަތިޔާރުގެ މައިދާނަކަށް ދިރިއުޅުން ވެއްޓޭތަނެވެ. ޒުވާބު ކުރުމާއި މާރާމާރީ ހިންގާތަނެވެ. އާއިލީ ގުޅުންކެނޑި ހުތުރު މުއާމަލާތްތައް ގިނަވާތަނެވެ.
އެފަދަ ކައިވެންޏަކަށް ދަރިން ލިބިފަތިބިނަމަވެސް އެކުދިންވެސް އޭގެ އަސަރުކޮށް މަގުމަތިވެ ބަލާނެ މީހަކުނެތި ގަނަތެޅެނެޖެހެއެވެ. މިއީ ދުނިޔެމަތިން ފެންނަ ހަގީގަތެވެ. މިހެންކަންތައް ހުރުމުން އެފަދަ ކުދިން މުޖުތަމައުއިން ބޭކާރު ކުދިންނަށްވެ ނޭއްގާނީ އެތައްކަންތައްތަކަށް އަރާއިގަނެވެއެވެ. މިއީ ހަގީގަތުގައިވެސް ހިތާމަހުރި ކަމެވެ.
ފަތިސްތަރިން މި ގެނެސްދެނީ ދެމެފިރިން ވަރިވިޔަސް، އޮންނަންޖެހޭ ގުޅުން އޮންނަން ޖެހޭ! ސަބުތަކާ އެގުޅުން ދެމެހެއްޓެމުގެ ބޭނުމުގެ މައްޗަށް ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެކެވެ.
މިއަދު ކައިވެންޏަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮބައިތޯ މީއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މިކަމުގެ ޙަޤީޤީ މައްސަލައަކީ ޚިޔާލު ތަފާތުވުންބާއެވެ. މިހެންވެއްޖެނަމަ އަނބިމީހާއާއި ފިރިމީހާގެ ދެބަސްވުންތަކުގެ ސަބަބުން ތިބާގެ ޙަޔާތަށް އަސަރުކުރެއެވެ. ދަރިންނާއި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރާ މީހުންނަށް އޭގެ ގެއްލުން ލިބެއެވެ. އަދި ކައިވެނީގެ ތެރޭގައި ބައިބައިވުން އުފެދުމަކީ މި ހުރިހާ ކަމަކަށް ހުރަސް އެޅޭ ކަމެއްވެސް މެއެވެ. ދެމަފިރިންނަކީ ގިނަ ފަހަރަށް މާޔޫސްކަމުގެ ތެރޭގައި އުޅޭ ބަޔަކަށް ވެއެވެ.
ޝައިޠާނާގެ މައްޗަށް މީގެ ސަބަބުން އާއިލާތައް ދޫވެގެންދެއެވެ. މިހެންކަމުން ރަނގަޅު އާއިލާއެއް ބިނާކުރުމައްޓަކާއި، އަދި ރަނގަޅު ދަރިންނަށްޓާކާ ދެމެފިރިން ވަރިވިޔަސް، އޮންނަންޖެހޭ ގުޅުން އޮންނަން ޖެހޭނެއެވެ. ދެމެފިރިންގެ ދެ މެދުގައި އޮންނަ މައްސަލަތައް ފަޅައިގެން ދިއުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
އެ އަނިޔާއިން ދަރިން ސަލާމަތްކުރެވޭނީ އެދަރިންނަށް މައިންބަފައިން ރީތީ މިސާލު ދައްކައިގެންނެވެ. ވަކި ވިޔަސް ދަރިންނަށް ދައްކަންޖެހޭނީ އެކުވެރިކަމާއި ގުޅުންވަރުގަދަކަމުގެ އަސްލެވެ.

