ޚަބަރު
ތ ވޭމަންޑޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އެހެން ރަށަކަށް ބަދަލުކޮށްފި

ތ. އަތޮޅު ވޭމަންޑޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އެންމެފަހުން އެހެން ރަށަކަށް ބަދަލުކޮށްފިއެވެ.

މި ބަދަލުކުރުން ކުރިއަށް ގެންގޮސްފައިވަނީ ވޭމަންޑޫ މަރުކަޒުގައި ހިނގި ހާދިސާއަކާ ގުޅިގެން ރަށުގެ ރައްޔިތުން ކުރި އިހުތިޖާޖުތަކަށް ފަހުގައެވެ.

ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ގޮތުގައި ހިންގަމުން އައި ވޭމަންޑޫ މަރުކަޒުގައި ދައުލަތުގެ ބެލުމުގެ ދަށުން ތިބި ކުދިން ބަދަލުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެތަނުގައި ހުރި ކުއްޖެއްގެ ފަރާތުން މުވައްޒަފަކަށް ހަމަލާ ދިނުމާއި، އެ ކުއްޖާގެ ސަބަބުން ރަށުގެ އެހެން ކުދިންނަށްވެސް ދަތިތަކާ ކުރިމަތިވަމުން ދިއުމެވެ. މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންގެ ބަޔަކު ވަނީ އެކި ފަހަރު މަތިން އިހުތިޖާޖު ކޮށްފައެވެ.

މި މައްސަލަ ހައްލުކުރުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ އެ ރަށަށް ޓީމެއް ފޮނުވާފައެވެ. ނަމަވެސް މައްސަލަ ހައްލު ނުވުމާ ގުޅިގެން، އެންމެފަހުން ނިންމީ ހުރިހާ ކުދިން އެހެން ރަށަކަށް ބަދަލުކުރުމަށެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ މި ކުދިން އެހެން ރަށަކަށް ބަދަލުކުރިކަން ކަށަވަރުކޮށްދީފައެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑްެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކަކީ އާއިލާތަކުގައި އުފެދޭ އެކި މައްސަލަތަކުގައި އާއިލާގެ އަޅާލުމާއި ލޯބިން މަހުރޫމްވާ ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒުތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!