ޚަބަރު
ވޮލީ ބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަަށް ފިޔޯރީ ކައުންސިލުން ޙާއްސަ އިސްކަމެއް!

ފިޔޯރީ ގައި ހުނަރުވެރި ވޮލީ ބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގުސަދުގައި ކައުންސިލްގެ ބަޖެޓުން 50.000 ރ ޚަރަދު ކުރާގޮތަށް އެކަންކޮށްދޭނެ ފަރާތައް ހޮވުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސެލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަގަޅު ޕްރޮޕޯސެލް ހުށަހެޅި ފަތާރަށް އެ މަސައްކަތް މިއަދު ހަވާލު ކޮށްފިއެވެ.

ފިޔޯރީ ކައުންސިލްއިން ބުނީ ވޮލީ ކޭންޕެއް ހިންގަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ އެއްގޮތަށް އެންމެ ރަގަޅު ޕްރޮޕޯސެލް ހުށަހެޅި ފިޔޯރީ ފޭސްޖަމިއްޔާއިން ކަމަށެވެ. އެ އެގްރީމެންޓްގައި މިއަދުވަނީ ސޮއި ކޮށްފަކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

ފިޔޯރީ ކައުންސިލްއިން ވޮލީ ކޭންޕެއް ހިންގަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ އެއްގޮތަށް އެންމެ ރަގަޅު ޕްރޮޕޯސެލް ހުށަހެޅި ފިޔޯރީ ފޭސްޖަމިއްޔާ/ފޮޓޯ: ފިޔޯރީ ކައުންސިލް ރައީސް

ފިޔޯރީ އަކީ ކުޅިވަރުގެ ރޫހެއް އޮންނަ ރެށެކެވެ. އެގޮތުން ވޮލީއަށް ޙާއްސަ އިސްކަމެއް ދީފައިވާއިރު، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ފިޔޯރީ ވޮލީކޯޓްގައި ސަޕޯޓަރުން ކުޅިބަލަން ތިބުމަށް ސިޑިތަކުގައި ހަރުކުރުމަށް ފިޔޯރީ ކައުންސިލްގެ އެދުމުގެ މަތިން 324 ގޮޑިވެސް ހަދިޔާ ކޮށްފައެވެ.

ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ކައުންސިލުން އެދިލެއްވި އެދިލެއްވުމަަށް ފިޔޯރީ ވޮލީ ކޯޓްގެ ސިޑިބަރީގަ ބޭނުން ކުރުމަށް އައުޓްޑޯ ފުލޯ ޕެއިންޓް އެސްޓީއޯއިން ވެސް ވަނީ ހަދިޔާ ކޮށްފައި ކަމަށެވެ.

މިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް އަށް ފިޔޯރީ ކައުންސިލްގެ ނަމުގައި ހާއްސަ ޝުކުރެއް ރައްދު ކުރާކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!