ޚަބަރު
އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި 3 އެކްސިޑެންޓެއްގައި 7 މީހަކަށް ވަނީ އަނިޔާވެެފައި: ފުލުހުން

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި 3 އެކްސިޑެންޓެއްގައި 7 މީހުންނަށް އަނިޔާވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި އަނިޔާވި 7 މީހުންނަށް ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި އަންހެނެކެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި 3 އެކްސިޑެންޓުގެ ތެރެއިން ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އަދި 3 އެކްސިޑެންޓުގެ ތެރެއިން 2 އެކްސިޑެންޓް ހިނގި ސަރަޙައްދަށް ފުލުހުން ދިޔައިރު، އެކްސިޑެންޓް ހިނގި ސީން ރޫޅާލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އައްޑޫގައި ހިނގި މި 3 އެކްސިޑެންޓުގެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!