ޚަބަރު
ލޯސީޒަނަށް ހާއްސަ އިސްކަމެއް ދީގެން، 2025އަކީ ފަތުރުވެރިކަން އެންމެ ބޮޑަށް އިޝްތިހާރު ކުރާ އަހަރަށް ހަދާނަން: ވަޒީރު ފައިސަލް

ފަތުރުވެރިކަމުގެ އެންމެ ލޯ ސީޒަންގައި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، އަންނަ އަހަރަކީ ފަތުރުވެރިކަން އެންމެ ބޮޑަށް އިޝްތިހާރުކުރާ އަހަރަށް ހަދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީން އިންތިޒާމު ކޮށްގެން ބޭއްވި “ޓޫރިޒަމް ސިމްޕޯޒިއަމް 2024” ގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިމްޕޯޒިއަމްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރު ފަތުރުވެރިކަން ދުނިޔޭގެ ބާޒާރު ތަކުގައި އިޝްތިހާރު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައެވެ.

ބައެއް ގައުމުތަކުގައި އެމްއެމްޕީއާރުސީގެ އޮފީސްތައް ގާއިމު ކޮށްގެން ނަމަވެސް އިޝްތިހާރު ކުރުން ވަރުގަދަ ކުރައްވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފައިސަލް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ލޯ ސީޒަންގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ. މީގެ އިތުރުން، ފަތުރުވތުރުވެރިކަން ސިންދަފާތުކޮށް، ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

“މެޑިކަލް ޓޫރިޒަމް” ގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، “އިޓަލީއަށް އެބަ ދަތުރުކުރޭ އަހަރަކު 1 މިލިޔަން ފަތުރުވެރިން ދަތް ސާފުކުރަން. އެހެންވީމަ ރިސޯޓުތަކުގައި ވެސް މެޑިކަލް ވަޞީސީލަތްތައް ގާއިމު ކޮށްގެން މިކަން ކުރެވިދާނެ،” ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށްޓަކައި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރާ ދެމެދު ގުޅުން ބަދަހިކޮށް، ހިޔާލާއި މަޝްވަރާ ބަދަލުކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްުރެއްވިއެވެ.

ސަރުކާރުން މިހާރު ވެސް ދަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ދާއިރާގެ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމާއި، ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމާއި، އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށް ދުނިޔޭގެ ބާޒާރުތަކާ، ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!