ގއ. ވިލިގިނލީ ޒުވާނުންނަށްޓަކާ ކައުންސިލުން އެޅި ޓާރފް ދަނޑު ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވިލިނގިލީ ކައުންސިލް ރައީސް ވިޝާލް ވިދާޅުވެއްޖެއެވެ.
ވިޝާލް “ހުވަދޫ މީޑިއާ” އަށް ވިދާޅުވީ ޓާފް ދަނޑަކީ ވިލިގިނލީ ކައުންސިލުން ޒުވާނުންނަށްޓަކާއި ޙާއްސަ އިސްކަމެއް ދީގެން ގާއިމް ކުރި ތަނެއް ކަމަށެވެ.
“ބަޖެޓްގެ ދަތިކަންހުރުމުން ފެނަކައިގެ އެހީތެރިކަން ލިބުނު މި މަސައްކަތަށް. މިހާރު ވަނީ އެއްކޮށް ނިންމާލެވިފަ.” ވިޝާލް
ވިޝާލް ވިދާޅުވީ މި އަންނަ ހަފްތާތެރޭގައި ދަނޑު ހުޅުވާލާ ޒުވާނުންނަށް ބޭނުންކުރެވޭނެ ކަމަށެވެ.
މީގެ ކުރިން އެރަށު ޒުވާނުން ކުޅެމުންއައީ އެ ރަށު ޒުވާނުންގެ މަރުކަޒު ތެރޭގައި ގާއިމް ކޮށްފައޮތް ފުޓްސަލް ދަނޑެއްގައެވެ. އެރަށުން ވާހަކަދެއްކި ޒުވާނަކު ބުނީ އެ ދަނޑަށް ޒަމާންތަކެއް ވެފައިވުމުން އެދަނޑު ބޭނުން ކުރަމުން އައި ފަރާތްތަކަށް އެކި ވަރުގެ އަނިޔާ ވަމުން ދިޔަ ކަމަށެވެ.
ކައުންސިލް ރައީސް ވިދާޅުވީ ވީރާނާވާން ދޫކޮށްލެވިފަ އޮތް ފުޓްސަލް ދަނޑަށް ކައުންސިލުން ބޭނުންވީ ޒަމާނީ ކޮށް ޒުވާނުންނަށް ބޭނުން ހިފޭނެ ގޮތެއް ހެދުން ކަމަށާއި، މި ހިނގާ ކައުންސިލް ދައުރުގައި އެ މަސައްކަތް ވަރަށް ރަނގަޅަށް ކޮށް ނިމިފަވާ ކަމަށެވެ.