ފެންޑާ
ތިއުޅެނީ ހިތްދަތި މާޒީއަކުން އަރައިނުގަނެވިގެންތަ؟ ނިކަން ހިތްވަރެއް ކޮށްލާފައި މިބުނެދޭ ކަންތައް ކޮށްލަބަލަ!

އުފާވެރި ހަޔާތަކަށްޓަކައި މާޒީގެ ހިތާމަތަކާ ދުރަށް ދާށެވެ!

މާޒީގެ ހިތާމަވެރި ހަނދާންތަކުން ދުރުވުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް އެޅޭނެ މުހިންމު ފިޔަވަޅުކަން ޔަގީނެވެ. މާޒީގެ ހިތާމަތަކުން ދުރުވެ، އުފާވެރި ހަޔާތަކަށް މަގުފަހިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އޭގެ މުހިންމުކަން ދެނެގަތުމަކީ ދިމާވެފައިވާ ހިތްދަތިކަމަކުން އަރައިނުގަނެވިގެން އުޅޭނަމަ ކޮންމެހެން ވެސް ކުރުން މުހިންމު ކަމެކެވެ. އެހެނީ ތިމާގެ އަދަކީ ތިމާއާއެކު އޮތް ޔަގީން ވަގުތެވެ. އިއްޔެ ވަނީ ގޮސްނިމިފައެވެ. އަދި މާދަމާ ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އެހެންކަމުން ތިމާއާއެކު ދިރިހުރި މިއަދަށްޓަކައި ހިނިތުންވެ މާދަމާއަށް ތައްޔާރުވެލުމަށް ތެދުވުން ކީއްތޯއެވެ.

ހިތްްދަތި މާޒީއަކުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ހޭލުންތެރިކަމާއެކު ވިސްނުން އާލާކުރުން

ހޭލުންތެރިކަމާއެކު ވިސްނުން ނުވަތަ އަދުގެ ހަޔާތާއި ތިމާގެ ކުރިމަގާމެދު ފިކުރު ކުރުމަކީ މާޒީގެ ހަނދާންތަކުގެ އަސަރު ކުޑަކޮށް، މިހާރުގެ ވަގުތުގައި ހަރުދަނާވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ހިތާމަވެރި ހަނދާންތަކުން ދުރުވެ، މިހާރުގެ ވަގުތަށް ސަމާލުވެ ހުރުމަށް ފަސޭހަ ވެގެން ދާނެއެވެ. މި ދެ ކަމަކީވެސް ނަފްސާނީ ގޮތުން ހިތްހަމަޖެހުމާއި މަޑުމައިތިރިކަން ހޯދުމަށް ކުރެވޭ ކަންތައްތަކެކެވެ.

އެހީތެރިކަން ހޯދުން

ރައްޓެހިންނާއި، އާއިލާއާއި، ނުވަތަ ޕްރޮފެޝަނަލް ކައުންސެލަރަކާ ވާހަކަދެއްކުމަކަކީ ހިތާމަތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިފަދަ ފަރާތްތަކުން ލިބޭ ސަޕޯޓާއި އިރުޝާދަކީ ކުރިއަށް ދިއުމަށް ބާރަކަށް ވެގެންދާނެއެވެ.

އައު ލަނޑުދަނޑިތައް ކަނޑައެޅުން

އުފާވެރިކަމާއި ފުރިހަމަކަން ގެނެސްދޭ އައު ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ މާޒީގެ ހިތާމަތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން މުސްތަޤުބަލަށް އުއްމީދާއެކު ބެލުމަށް މަގުފަހިވެގެންދާނެއެވެ.

އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުން

ހޮބީއެއް، ކުޅިވަރެއް، ނުވަތަ މުޖުތަމަޢުގެ ޚިދުމަތެއްގައި ބައިވެރިވުމަކީ އުފާވެރިކަން އިތުރުކޮށް، މާޒީގެ ހިތާމަތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އައު ގުޅުންތައް އުފެދިި، ދިރިއުޅުމުގެ އައު މާނައެއް ލިބިގެންދާނެއެވެ.

މާޒީން ފިލާވަޅު ލިބިގަތުން

މާޒީގެ ތަޖުރިބާތަކުން ދަސްވި ކަންކަން ދެނެގަނެ، އެ ތަޖުރިބާތަކުގައި ދިރިއުޅެން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ. މާޒީގެ ތަޖުރިބާތަކަކީ އަމިއްލަ ކުރިއެރުމަށް ބޭނުންކުރެވިދާނެ ފިލާވަޅުތަކެއްގެ ގޮތުގައި ދެކުމަކީ މުހިންމު ކަމެކެވެ.

ޝުކުރުވެރިވުމުގެ އާދަ އަށަގެންނެވުން

ދިރިއުޅުމުގައި ޝުކުރުވެރި ވާންޖެހޭ ކަންތައްތައް ގަވާއިދުން ހަނދާން ކުރުމަކީ ނުރަނގަޅު ގޯސް ވިސްނުމުން ސީދާ ރަނގަޅު ވިސްނުމަށް ބަދަލު ވުމަށް އެހީތެރި ވެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ހެޔޮ ކަންތައްތަކަށް އަހަންމިއްޔަތުކަން ދިނުމަށް މަގުފަހި ވެގެން ދާނެ އެވެ.

މާޒީގެ ހިތާމަތަކުން ދުރުވެ، އުފާވެރި ހަޔާތަކަށް މަގުފަހި ކުރުމަކީ އަމިއްލަ ދަތުރެއްކަން ހަނދާން ކުރުން މުހިންމެވެ. މި ދަތުރުގައި ކެތްތެރިކަމާއެކު ކުރިއަށްދިއުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް، މާގިނަ ވަގުތު ނަގައި، އުމުރުގެ ބޮޑުބައެއް ނަގާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

މަތީގައި ބަޔާންކުރެވުނު ފިޔަވަޅުތައް އެޅުމުން، މާޒީގެ ހިތާމަތަކުން ދުރުވެ، މިހާރާއި މުސްތަގުބަލަށް ސަމާލުވުމަށް ފަސޭހަ ވެގެންދާނެއެވެ. ކަންކަމާމެދު ރަނގަޅު ވިސްނުމެއް އާލާކޮށް، ކުރިއެރުން ގަބޫލުކުރާ މާހައުލެއް އުފެއްދުމަކީ އުފާވެރި ދިރިއުޅުމަކަށް މަގުފަހި ވެގެންދާނެ ކަމެކެވެ. އެކަންތައްތަކުން ކުރެވޭނެ މި ފަސްކަން ނޯޓުކޮށްގެން މިކަމުގައި ކުރިއަށް ދާށެވެ. އިސާިހިތު ނަތީޖާ ފެނިދާނެއެވެ.

  • ދުވާލަކު 10-15 މިނިޓް ވިސްނައި ފިކުރުކުރުމަށް ނުވަތަ ކޮންމެވެސް ކަހަލަ “މެޑިޓޭޝަނަކަށް”(އެރޯމާ ތެރަޕީގެ ވިޔަސް އަދި އެހެެން ކަހަލަ ވިޔަސް، މަޑު ރާގެއް، ނުވަތަ ޤުރުއާނުގެ ސޫރަތެއް، ނުވަތަ ދަރުސެއް އަޑުއަހާލުން، މަދަހައެއް ވިޔަސް އެހުން ފަދަ ކަމެއް) ހާއްސަ ކުރާށެވެ!
  • ގަވާއިދުން ކައުންސެލިންގ ސެޝަންތަކަށް ދިއުން ނުވަތަ އިތުބާރު ހުރި މީހަކާ ވާހަކަ ދެއްކުމަށް ކޮންމެ ދުވަހެއްގެ ވެސް ފަނަރަ ވަރަކަށް މިިނެޓް ހުސްކުރާށެވެ.
  • ކޮންމެ މަހަކު އެއް ލަނޑުދަނޑި ކަނޑައަޅައި، އެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކޮށް ކާމިޔާބު ވޭތޯ ބަލައި ނުވާ ނަމަ އެ ބައި އަލުން ގެންނާށެވެ!
  • ހަފްތާއަކު އެއްފަހަރު އާ ހަރަކާތެއްގައި ނުވަތަ ހޮބީއެއްގައި ބައިވެރިވާށެވެ،
  • ކޮންމެ ރެއަކު ނިދުމުގެ ކުރިން، އެދުވަހު ޝުކުރުވެރިވާ ތިން ކަމެއް ލިޔާށެވެ!

މި ފިޔަވަޅުތައް އެޅުމުން، މާޒީގެ ހިތާމަތަކުން ދުރުވެ، އުފާވެރި އަދި ފުރިހަމަ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެކަން ކަށަވަރެވެ. ހަނދާންބަހައްޓަންވީ ކަމަކީ، މިއީ ވަގުތު ނަގާނެ ދަތުރެއްކަމާއި، ކޮންމެ ކުރިއެރުމަކީވެސް ކާމިޔާބެއްކަމެވެ. އަމިއްލަ ނަފްސަށް ހެޔޮކޮށް ހިތައި، ކެތްތެރިކަމާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!