ޚަބަރު
ތުރުކީގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާގައި 4 މީހަކު މަރުވެ، 22 މީހުން ޒަޚަމްވިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.

މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!