ޚަބަރު
ޓިކްޓޮކްގައި މަރުގެ އިންޒާރު: އަސްލޭ ސަމާގެ ކަރުބުރިކޮށްލާނެ ކަމަށް ބުނި މައްސަލަ ކަމާބެހޭ ފަރާތަށް، ފުލުހުން މައްސަލަ ތަހުގީގު ކުރަންފަށައިފި!

އެއްޒަމާނެއްގައި ދެމިތުރުން ހަތުރުންނަށް ވެފައި، އަސްލޭ ސަމާގެ ކަރު ބުރިކޮށްލާނަމޭ ބުނި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ!

ދިވެހިރާއްޖޭގެ ޓިކްޓޮކްގައި އަނެއްކާވެސް ހަސަދައާއި ޒުވާބު ހައްދުފަހަނައަޅައި ގޮސް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޓިކްޓޮކް މަރިޔަމް ސަމާ އަކީ ދިވެހިންގެ ގިނަ ބަޔަކަށް އެނގޭ އަދި ބައެއް މީހަކަށްވާއިރު އަސްލަމާ އަކީ ވެސް ޓިކްޓޮކް ކޮމިއުނިޓީގައި ތިބޭ ދިވެހިންނަށް އެނގޭ އަންހެނެކެވެ. މިދެމީހުންގެ ދެމެދުގައި އެއް ޒަމާނެއްގައި އެކުވެރިކަން އޮތްކަމަށްވީ ނަމަވެސް ދެމިތުރުން ހަތުރުންނަށްވެ، އެދެމެދުގައި އޮތް ދުޝްްމިނުކަން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން އައިސް އެންމެފަހުން އަސްލަމާ ނުވަތަ އަސްލޭ ޓިކްޓޮކް ލައިވެއްގައި ސަމާގެ ކަރުބުރި ކޮށްލާނަމޭ ބުނި މައްސަލަ މިހާރު މިވަނީ ކަމާބެހޭ ފަރާތަށް ގޮސްފައެވެ.

މިލައިވްގައި އަސްލަމާ ވަނީ އިންތިހާއަަށް ބޭއަދަބީބަސްތައް ބޭނުންކޮށް މުޖުތަމައުގެ އަދަބުއަހުލާގުގެ ގިއުގަނޑުން ބޭރުވެފައެވެ. އެކިއެކި ލައިވްތަކުގައި މި ދެ އަންހެނުން އެކަކުއަނެކަކަށް ޒުވާބުކުރުމާއި އައުގުރާނަ ގޮވުމަކީ މެދުނުކެނޑި ކުރިއަށްދާ ސިލްސިލާއަކަށް ވެފައިވަނިކޮށް، ދާދި ފަހުން އަސްލޭގެ ލައިވަކަށް ނުދަންނަ އައިޑީއަކުން (Anadoll) “އޅ ދަރި ފިއްސާލާފަ ހުރި ޅއ ކޮން އަނގައެއް އރވނ” ކިޔައި އައި ކޮމެންޓަކަށް ރައްދު ދެމުން އަސްލޭ ވަނީ އައުގުރާނަ ގޮވައި ސަމާއަށް އިންޒާރު ދީފައެވެ.

ސަމާއާއި އަސްލަމާ. އަދި ޓިކްޓޮކްގައި މިމީހުންގެ ޒުވާބު ހިނގިލައިވްގެ އެސްއާރެއްގެ ތެރެއިން…………..ފޮޓޯ:ޓިކްޓޮކްޕޮޑްކާސްޓުން

“ކަލޭ އެކަހަލަ ކަމެއް އިހުސާސް ވުމުން އެނގޭނީ ކިހާ ވަރެއްގެ ކަމެއްކަން، މަގޭ ކުއްޖާ އުމުރުން 10 އަހަރު ފުރިގެންދާއިރު ވެސް އުމުރުން 5 އަހަރުގައި އެކުއްޖާއަށް ދިމާވި ހާދިސާއެއްގެ ސަބަބުން އަދިވެސް އެކުއްޖާ ގޯތުރޫ ކުރަނީ މެންޓަަލްއިޝޫތަކާ އެއްކޮށް މަ އެކުއްޖާ ގޮވައިގެން މިއުޅެނީ…..

ތިމަންނަގެ ދަރިއެއް ފިއްސާލި ލަކުނެއް ނީންނާނެއޭ ބުނިއިރު، މަ ގަސްދުގަ ފިއްސާލީ އެއް ނޫން، މަމިއޮއްހާ ދުވަސް ވަންދެން މަގޭ އަތުން ވީ ކަމެއްގެ ސަބަބުން މަ މިއޮއްހާ ދުވަސްވަންދެން މަ އެކަމަކުން ނާރައިގެން މަ އެކުއްޖާ ގޮވައިގެން ނުދާ ތަނެއް ނެތް، ޕްލާސްޓިކް ސާޖަރީ ހައްދާ އެކުއްޖާއަށް ސުކޫލުގައި އަންނަ ބުލީއާ އެހުރިހާ އެކުޑަކުޑަ 5 އަހަރުގެ ދަރީގެ ގައިގަ އެޅި ވޭން ކަލޭ ތި …ށް ނޭނގޭތީތަ ކަލޭތި،

މަ ހުވާ މަ މާލޭ ފަސްގަނޑުގަ ފައި ޖެހިއްޖެއްޔާ ކަލޭ ކަރު ބުރި ކޮށްލާނަން!”

ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސަމާއަކީ ޓިކްޓޮކްގައި ފަންޑުކޮށްގެން މީހުންނަށް އެހީތެެރިވުމަށް މަގު ހުޅުވާލަދޭ މީހަކަށްވީ ކަމުގައިވިޔަސް ދިމާވާ ކަންކަމުގައި އަމިއްލަ ނަފުސަށް ބާރުނުފޯރުވައި ރުޅި އިސްކުރުމުން އޭގެ ނަތީޖާ ނުބައި ވެދާނެ ކަން މި ހާދިސާއިން މިވަނީ ހާމަވެ އެނގިގެން ގޮސްފައެވެ. އެއް އަތް ތެޅިއަސް އަޑެއް ނުކިޔާނޭ، އުނދޯލިވެސް ހެއްލެނީ ދެފަރާތަށޭ، ބުނެފައިވާ ބަސްތަކުންވެސް ތިމާއާ ދިމާއަށް ބަސްބުނެ ހުތުރު ބަހުން މުއާމަލާތްކޮށް، މަލާމާތްކޮށް ހަޖޫޖަހައި، ދިމާކޮށް ހަދާނަމަ، އެފަދަ ކަންކަމުގައި އެއްކޮޅުން ކިތަންމެ ވަރެއް ކުރިއަސް އަނެކާ ހިމޭންކަމާއި މަޑުމައިތިރިކަން ހިޔާރުކުރާ ނަމަ އަޑުގަދަނުވެ ހިމޭންވާނެކަން ހާމަވެއެވެ. އަދި މިއީ ހަގީގަތެއްވެސް މެއެވެ.

ދިވެހިންގެ ތެރެއިން ބަޔަކު ޓިކްޓޮކްގެ ބޭނުން ރަނގަޅު ގޮތުގައި ހިފަމުންދާއިރު، މިފަދަ މުޖުތަމައާ ނުގުޅޭ، އަދަބާ ހިލާފު، އެއްވެސް ހައްދެއް ހުދޫދެއް ނެތް މިންގަނޑެއްގައި އަމިއްލަ ޒާތީ ކަންކަން އާންމު ރައްޔިތުންގެ މެދުގައި ހާމަކުރަމުން ދާ ކަމީ އިންތިހާއަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. ޒަމާނާ އެއްމިިނެއްގައި ބަދަލުވަމުންދާ ވަގުތާ އެއްވަރު ކުރަމުން، ތަރައްގީ ވަމުންދާ ކުޑަކުޑަ ގައުމެެއްގައި ތަހުޒީބާއި ތަމައްދުން މާނައެއް ނެތް ގޮތަކަށް ފެންނަ ކަމަށްވާނަމަ އެއީ މުޅި ގައުމަށް ވެސް އަންނަ ހުތުރު ނަމެއްކަން ގައިމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!