ޚަބަރު
“ޣާޒީ ބަންޑާރައިންނަކީ ރާއްޖެ ދެމިއޮތްހައި ހިނދަކު ކޮންމެ ދިވެއްސެއްގެ ހިތުގަ ބިންވަޅުނެގިފައި އޮންނަންވާނެ އަސަރެއް”

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ޣާޒީ ބަންޑާރައިންނަކީ ދިވެހިރާއްޖެ ދެމިއޮތްހައި ހިނދަކު ކޮންމެ ދިވެއްސެއްގެ ހިތުގަ ބިންވަޅުނެގިފައި އޮންނަންވާނެ އަސަރެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން އިއްޔެ ވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދު ސްމޭކުގެ ޒަރިއާއިން ހުށަހަޅައިދިނުމަށް ބޭނުންވާ އިސްކިރީނުތައް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފައެވެ. އެތަކެއްޗާ ހަވާލުވުމަށް ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ
އުތީމު ޣާޒީ ބަންޑާރައިންގެ ކޮންމެ އަސަރަކީ ދިވެހިރާއްޖެ ދެމި އޮތްހައި ހިނދަކު ދިވެހީންގެ ހިތްތަކުގައި ބިންވަޅުނެގިފައި އޮންނާންވާނެ ފަޚުރުވެރި އަސަރެއް ކަމަށެވެ.

ސަބަބަކީ ވަކި ދައުލަތެއްގެ ގޮތުގައި މި ތިބެވެނީ އަދި މިނިވަންކަމާއި، ސުލްހަވެރިކަމާއެކު ވަކި ބައެއްގެ ގޮތުގައި ތިބެވެނީ އެތައް ބަތަލުންނެއްގެ މިންނެއް މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގައުމު ދިފާއުކުރަން ނިކުންނަ ކޮންމެ މީހަކު އެ ނިކުންނަނީ އެ މީހެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށެވެ. އަދި އޭގެ ހަގީގީ ބޭނުމަކަށްވެފައި އޮންނަނީ ތިމާ ނޫން ދެން ތިބި ބަޔަކަށް އެ ފަސްގަނޑު ސަލާމަތުން ރައްދުކޮށްދިނުން ކަމަށެވެ.

އެހެންވީމަ އެ މަތިވެރި ނިޔަތް އެ މަތިވެރި އަޒުމް އެއީ ދެން ތިބި ބަޔަކު ފާހަގަކުރަންޖެހޭ އޭގެ އަގުވަޒަންކުރަންޖެހޭ ކަމެއް.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޣާޒީ ބަންޑާރައިން ކުރެއްވި ޖިހާދުގެ މައްޗަށް ވެސް އަލިއަޅުވައިލައްވާފައެވެ. ވިދާޅުވީ އެތައް އަހަރަކު އަޅުވެތިކަމުގައި އޮތުމަށްފަހު ރާއްޖެ މިނިވަންވުން އެއީ ވަރަށް ބުރަ ވަަރަށް ހިކުމަތްތެރި ޖިހާދެއްގެ ނަތީޖާ ކަމަށެވެ.

ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރީ މީލާދީ ގޮތުން 1558 ގައެވެ. އަދި ޣާޒީ ބަންޑާރައިންގެ ޖިހާދުން ރާއްޖެ މިނިވަންވީ 1573 ގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!