ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްގެ ދެކުނުގެ މަނާރާ ސަރަހައްދުގެ މީހުން ދިރިއުޅޭ ގެއަކަށް ޔަހޫދީ އިޒްރޭލުން ހަމަލާދީ 23 މީހުން ޝަހީދުކޮށްލައިފިއެވެ.
ޔަހޫދީ އިޒްރޭލުން ވަނީ ފާއިރުވި ގަޑިތަކުގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން އުތުރު ޖަބަލިއްޔާގެ މީހުން ދިރިއުޅޭ 10 އަށްވުރެ ގިނަ އިމާރާތަށް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ހަމަލާދީފައެެވެ. މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ހަމަލާ އަމާޒުވި ގެތައް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އޭގެ އިތުރުން ކަމާލް އަދްވާން ހޮސްޕިޓަލަށްވެސް ޔަހޫދީން ވަނީ ބޮން އަޅާފައެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވީ ނަމަވެސް ޝަހީދުވި ކުދިންގެ އަދަދެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

