ޔަހޫދީ އިޒްރޭލުން ލުބުނާނަށް ދިން ހަމަލާއެއްގައި ތިން ނޫސްވެރިޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރޭ ފަތިހު ލުބުނާނުގެ ދެކުނުގެ ހަސްބިއްޔާގައި ނޫސްވެރިން ތިބި އިމާރާތަަކަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވަނީ އަލް މަޔާދީން ޓީވީ ޗެނަލުގެ ކެމެރާމަނަކާއި އެހެން މީޑިއާއަކަށް ނިސްބަތްވާ ދެ ނޫސްވެރިންނެވެ.
ޔަހޫދީންގެ މި ހަމަލާ އަމާޒުވެފައި މިވަނީ, ހިޒްބުالله އާއި ސިޔާސީ ގޮތުން ގުޅިފައިވާ އެ ޗެނަލްގެ ބެއިރޫތުގައި ހުންނަ އޮފީހަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދިންތާ ދެދުވަސް ފަހުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ޔަހޫދީން ހަމަލާދޭން ފެށި ފަހުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.