އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ތިން ހޮޓަލަކަށް ބޮމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފިއެވެ.
އީމެއިލް މެދުވެރިކޮށް ދިން އެ އިންޒާރުތަކާ ގުޅިގެން ފުލުހުން ވަނީ އެސަރަހައްދު ވަރަށް ރަނގަަށް ބަލައި ފާސްކޮށްފައެވެ. ނަމަވެސް ގޮވާ ޒާތުގެ އެއްވެސް އެއްޗެއް އެސަރަހައްދުން ފެނިފައި ނުވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަދި އެ މެއިލްގައި މިއަހަރު ފެބްރުއަރީ މަހު ހައްޔަރުކޮށްފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ޖާފަރު ސިއްދީގުގެ ނަން ހިމަނާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އިންޒާރުތައް ދިން ފަރާތް ހޯދުމުގެ މަސައްކަތް އެސަހައްދުގެ ފުލުހުން ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

