ޚަބަރު
ބަންޑުން ޖަހައިލި ޑިންގީއެއް ހޯދަމުންދާތާ 3 ގަޑިއިރު ފަހުން އޭގެ ތިބި އެންމެން ސަލާމަތްކޮށްފި

މިއަދު ހެނދުނު ތިން މީހުންނާއެކު ބަންޑުންޖަހައިލި ޑިންގީއެއް ތިން ގަޑިއިރެއްހާއިރު ފަހުން ހޯދައި، އޭގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން މީހުންނާއެކު ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:11 ހާއިރު ކަމަށެވެ.

އެގޮތުން އެ ޑިންގީ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު ހޯދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އެކްސްގައި ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުން ތިން މީހުން ވެސް ތިބީ ބަންޑުންޖަހާލައިފައި އޮތް ޑިންގީ މަތީގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!