ޚަބަރު
ދަޔާ، ކުޗް ތޯ ގަޑްބަޑްހޭ…!

އިންޑިއާގެ ސޮނީ ޓީވީން ގެނެސްދިން މަގުބޫލު ޓީވީ ޝޯV “ސީއައިޑީ” ގެނެސްދިނުން ހުއްޓާލިތާ ހަ އަހަރު ފަހުން އެ ޝޯގެ އާ ސީޒަނެއް އިއްޔެ އިއުލާންކޮށްފި އެވެ.

“ދަޔާ، ކުޗްތޯ ގަޑްބަޑްހޭ” އަދި “ދަޔާ، ދަރުވާޒާ ތޯޅްދޯ” ފަދަ މަޝްހޫރު ޖުމުލަތައް ހަނދާން ނެތޭނެ ހެއްޔެވެ؟ ހާއްސަކޮށް އަންހެނުންގެ ހިތްތައް ލަންބުވާލާ ޒުވާން ދަޔާ ހަނދާނުން ފިލާނީ ކިހިނެއްތޯއެވެ؟

އާދެ، މިދައްކަނީ އަޅުގަނޑުމެންގެ އެންމެ ކަމުދާ ކުށުގެ ވެށީގެ އެކިއެކި ވާހަކަތައް ގެނެސްދޭ، މުޖުތަމައުގައި ހުންނަ ކުށުގެ މައްސަލަތައް ޒަމާނާ ގުޅުވައިގެން ހައްލުކުރާ ފުލުހުންގެ ސިއްރު އޮފިސަރުން އުޅޭ ޓީވީ ޝޯ، “ސީއައިޑީ” ގެ ވާހަކަ އެވެ.

1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ދައްކަން ފެށި މި ޝޯވ ދެއްކި 20 އަހަރުގެ ދިގު މުއްދަތުގައި ވަަނީ ބަލާ މީހުންގެ ހިތްތައް ވަރަށްވެސް ރަނގަޅަށް އަތުލާފަ އެވެ. އެހެންކަމުން ސީއައިޑީ އެނބުރި ޓީވީ ސްކްރީނަށް އައުމުން ބަލާ މީހުން ތިބީ ވަރަށް އުފަލުންނެވެ.

ވާތް ފަރާތު ކަނުގައި ދަޔާ އަދި ސިއައިޑި ޓީމްގެ ބައެއް މެންބަރުންނާއެކު………….ފޮޓޯ:އައިއޯޓީ

ގޮސިޕްސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީއައިޑީގެ އުފެއްދުންތެރިން ވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޝޯވގެ އާ އެޕިސޯޑުތަކެއް ގެނައުމަށް ތައްޔާރުވެފަ އެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ޝޯވ ގެ ފަހު އެޕިސޯޑާއެކު، ކުއްލިއަކަށް ޝޯވ ހުއްޓާލުމަކީ، ބެލުންތެރިންނަށް ލިބިގެން ދިޔަ ކުއްލި ހައިރާންކަމަކާއި ސިހުމެއްގެ އިތުރުން ސީރީޒް ބެލުންތެރިންގެ ސިޓިންރޫމްތަކަށް ވެރިވެގެންދިޔަ ފަޅުކަމެއްވެސް މެއެވެ. ނަމަވެސް އަނެއްކާވެސް އުފާވެރި ހަބަރެއް މި އޮތީ ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ޝޯވ މިި އޮކްޓޫބަރު މަހުން ފެށިގެން އަނެއްކާވެސް  ޓީވީ ސްކްރީނަށް އަންނާނެ އެވެ.

ސޮނީ ޓީވީން ވަނީ “ސީއައިޑީ”ގެ އާ ސީޒަނެއް އިއުލާންކޮށް، ފުރަތަމަ ޕްރޮމޯ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ. އަދި އާ ސީޒަންގެ ފުރަތަމަ ޓްރެއިލާ މާދަމާ އާންމުކުރާނެ ކަމަށް ވެސް އެ ޗެނަލުން ބުންޏެވެ. މި ޝޯގެ އެންމެ ވަރުގަދަ ތިން ދައުރު ކަމަށްވާ، އެންމެ އިސްކޮށް އުޅޭ އެހީތެރި ފުލުހުންގެ ކޮމިޝަނަރު (އޭސީޕީ) ޕްރަދިއުމަންގެ ދައުރު ކުޅޭ ޝިވާޖީ ސަތަމް އާއި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ (އިސް ތަހުގީގު އޮފިސަރު) އަބިޖީތުގެ ދައުރު ކުޅޭ އަދިތިޔާ ޝްރިވަސްތާވްއާ އަދި އެންމެ ހާއްސަކޮށް، އަންހެނުންގެ ހިތްތަކުގެ ރަސްގެފާނު، ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ (އިސް ތަހުގީގު އޮފިސަރު) ދަޔާގެ ދައުރު ކުޅޭ ދަޔާނަންދް ޗަންދްރަޝޭކަރް ޝެޓީ ވެސް އާ ސީޒަނަށް އެނބުރި އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސީއައިޑީގެ އިސް ރޯލުއަދާކުރާ 3 މީހުން…………ފޮޓޯ:އައިއޯޓީ

ޕްރޮމޯ ވީޑިއޯގައި ފެންނަނީ ގޮވާ ތަކެތި ގޮއްވާލާފައިވާ ސަރަހައްދަކަށް އޭސީޕީ ޕްރަދިމަން (ޝިވާޖީ ސަތަމް) ދުއްވައި ގަންނަ މަންޒަރެވެ. އޭގެ އިރުކޮޅެއް ފަހުން، ހިތްތައް ތެޅިގަންނަ ގޮތަކަށް، ކެމެރާ އަމާޒު ވަނީ އަބީޖީތުގެ (އަދިތިޔާ ޝިރިވަސްތާ) ލޮލަށެވެ. އަދި އޭނާގެ ސީރިއަސް ނަޒަރު ފެންނައިރު ފަހަތުން މި ޝޯވގެ މަޝްހޫރު، އެންމެ ހަނދާނުގައި ހަރުލާފައި ހުންނަ، “ތުބުން ފުމޭ އަޑު” އިވެ އެވެ. މިއަޑަކީ އިނގިރޭސި ސިލްސިލާ އެކްސްފައިލްސް ގައި މާކް ސްނޯގެ މެޓީރިއާ ޕްރިމޯރިސް އިވުމުން ހިތް ތެޅިގެންދާ ގޮތަށް، ގައިން ހީބިހި ނަގައިގެން ދިއުމާއެކު، “އާހާ، އެކްސްފައިލްސް،” އޭ ބުނެވޭ ފަދައިން، މި ތުބުން ފުމޭ ހާއްސަ އަޑާއެކު އެއީ ސީއައިޑީ ކަން އެނގިގެންދެއެވެ.

މި ހުރިހާ މަންޒަރުތަކަކުން ދޭހަވަނީ އާ ސީޒަނުގައި ވެސް ކުރީގެ ސީޒަންތަކުގައި ފެނުނު ފަދަ ހަލަބޮލި އަދި ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދާނެ ކަމެވެ.

“ސީއައިޑީ” ހުއްޓާލިތާ ހަ އަހަރު ވީ ނަމަވެސް، ސޮނީ ޓީވީން އަދިވެސް މި ޝޯވގެ ކުރީގެ ބައިތައް ތަކުރާރުކޮށް ދައްކަމުން ގެންދެ އެވެ. މިގޮތަށް ތަކުރާރު ވާއިރު ވެސް އެ ޗެނަލުން އެންމެ ގިނައިން މީހުން ބަލާ ޝޯވއަކީ “ސީއައިޑީ” އެވެ. އެ ޝޯވގެ އާ ސީޒަނެއް ގެނެސްދޭން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް ވެސް ބެލެވެނީ އަދިވެސް މިހާ ބޮޑު ތަރުހީބެއް ލިބެމުން ދާތީ އެވެ.

ސިއައިޑި އިސްރޯލުއަދާކުރާ ފަރާތްތަކާއި ޓީމްގެ ބައެއް މެންބަރުން………….ފޮޓޯ:އައިއޯޓީ

ޝޯވގެ އާ ސީޒަން އިއުލާން ކުރުމާއެކު، ގިނަ އަދަދެއްގެ ބެލުންތެރިން ވަނީ އުފާ ފާޅުކޮށް، އިޖުތިމާއީ ވިއުގަތަކުގައި މިހަބަރު ހިއްސާކޮށް، އާ ސީޒަނަށް ކެތްމަދުވެފައިވާކަން ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު ދެކޭގޮތުގައި “ސީއައިޑީ” އަކީ އިންޑިއާގެ ޓީވީ ތާރީހުގައި އެންމެ މަގުބޫލު އެއް ޝޯވ އެވެ.

ކޮންމެއަކަސް “ސީއައިޑީ” ގެ އާ ސީޒަނެއް އައުމަކީ އިންޑިއާގެ ޓީވީ ބަލާ މީހުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. މި ޝޯގެ ކުރީގެ މަޝްހޫރު ތަރިން އަނބުރާ އައުމާއި، ކުރީގެ ސީޒަންތަކުގައި ފެނުނު ފަދަ ހަލަބޮލި އަދި ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދާނެކަމުގެ އުންމީދުގައި ގިނަ ބަޔަކު މިހާރު ވެސް ތިބީ އާ ސީޒަނަށް ކެތްމަދުވެފަ އެވެ. “ދަޔާ، ކުޗް ތޯ ގަޑްބަޑް ހޭ” އަދި “ދަޔާ، ދަރުވާޒާ ތޯޅްދޯ” ފަދަ ޖުމުލަތަކާއި އަންހެންވެރިންގެ ހިތްތަކުގައި ވިންދު ޖަހާލާ “ދަޔާ” މުޅިން އާ ބައިތަކެއް ގައި ފެނިގެންދާނެ ކަމަށް ދިވެހިންވެސް އިންތިޒާރުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!