ޚަބަރު
ބޯންމެރޯއަށް ފޮނުވި ކުދިންތަކުގެ ތެރެއިން 3 ކުއްޖަކު ފަރުވާ ފުރިހަމަކޮށްފި

ތެލެސީމިއާ ކުދިންގެ ތެރެއިން މިއަހަރު ބޯންމެރޯއަށް ފޮނުވި 14 ކުދިންގެ ތެރެއިން 3 ކުދިންގެ ބޯންމެރޯ ފަރުވާ މުޅިން ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އުމަރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. އަހުމަދު އުމަރު ވިދާޅުވީ ސަރުކާރުން ޒަކާތު ފަންޑުގެ އެހީގައި 14 ކުއްޖަކު ބޯންމެރޯ ފަރުވާ އަށް ފޮނުވުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އެކި ދުވަސްވަރު އެ ހުރިހާ ކުދިން ވެސް ފޮނުވާފައިވާ ކަމަށާއި އޭގެތެރެއިން 3 ކުދިން ފަރުވާ ފުރިހަމަކޮށްފައިވާ އިރު ދެ ކުއްޖަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޯންމެރޯ ހެދުމަށް މިއަހަރު ފޮނުވި 1 ކުއްޖަކު ވަނީ ނިޔާވެފައެވެ. ދެން ހިމެނޭ 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ފުރިހަމަކުރަމުންދާކަމަށް ޑރ. އަހަމަދު އުމަރު ވަނީ ވިދާޅުވެފައެވެ.

ބޯންމެރޯއަށްފަހު ތިން މަހާ ހަ މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރެއެވެ.

ތެލަސީމިއާ ބަލީގެ ކުދިންނަށް ބޯންމެރޯ ހަދައިދިނުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އެމްޑީޕީ ސަރުކާރުގައި އެކަން ހުއްޓާލާފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފެށީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވެ.

ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންް ނިންމަވަވާފައެވެ.

މިގޮތަށް ނިންމަވާފައިވާއިރު، ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ “ހަފުތާ 14″ގައި ހިމެނޭ ކަމެކެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!