ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތުގެ މައުލޫމާތު ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން 15 މަގެއް ހިމެނޭ ގޮތަށް ޖުމްލަ 6.9 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.
މިވަގުތު އިހަވަންދޫގައި ކުރިއަށްދަނީ މަގުތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ މަގުތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް……………..ފޮޓޯ:އާރްޑީސީ
މި މަޝްރޫއަށް ބޭނުންވާ ކާސްޓިންގ މަސައްކަތް އިހަވަންދޫގައި ގާއިމު ކޮށްފައިވާ ސައިޓުގައި ކުރިއަށްދާ ކަމަށްވެސް ބުނެފައި ވެއެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 102،846،733.89 ދިވެހި ރުފިޔާ ކަމަށާއި، މިހާތަނަށް މަޝްރޫއުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށް އާރްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.

ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ މަގުތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް……………..ފޮޓޯ:އާރްޑީސީ
އިހަވަންދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ ސުންގަޑިއާ ބެހޭ މައުލޫމާތު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ފާހަގަކުރެވެއެވެ.