ޚަބަރު
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހެޅުން އަންނަ ބުރާސްފަތި ދުވަހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމު ވިދާޅުވީ، ބަޖެޓު ހުށަހެޅުމުގެ ކުރިން ޓެކްސް ބޮޑު ކޮށްގެން ދައުލަތަށް އާމްދަނީ ލިބޭ މިންވަރު ކަނޑައަޅަން ޖެހޭ ކަމަށެވެ. މީގެ ސަބަބަކީ އެ އަދަދުތައް ބަޖެޓުގައި ހިމަނަން ޖެހޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެންކަމުން މަޖިލީހަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ޓެކްސް ބިލުތައް ނިންމަން ޖެހޭ،” ނާޒިމް ވިދާޅުވިއެވެ.

މި ބަޔާނާ ގުޅިގެން، ޓެކްސް ބިލުތައް ދިރާސާކުރަން އެކުލަވާލި ސަބް ކޮމިޓީން މިއަދު ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކުހާ ގުޅުންހުރި ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފައެވެ. އަދި މި ބިލުތަކަށް ހިޔާލު ހުށަހެޅުމަށް މާދަމާ މެންދުރު 2 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ކޮމިޓީން ބުނެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ފޫނުބެއްދޭނެ ކަމަށް ފެންނާތީ، ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި 5,119,508,129 ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!