ޚަބަރު
”ފަލަސްތީނާއެކު ދިވެހިން” ޓެލެތޯނުން ލިބުނު ފައިސާ ފޮނުވިކަމުގެ ލިޔުންތައް ސަރުކާރުން ހާމަކޮށްފި

”ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ، މިދިޔަ އޮގަސްޓް މަހު ފޮނުވިކަމުގެ ފޮނުވިކަމުގެ ލިޔުންތައް ސަރުކާރުން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ”ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް 20 އޮގަސްޓްގައި ފޮނުވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން, ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޓެލެތޯނު ޕަބްލިކް ސާރވިސް މީޑިއާއިން ބާއްވާފައިވަނީ 12 ޖޫންގައެވެ. އެ ޓެލެތޯނުން ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ 1,248,826 ޑޮލަރު ކަމަށާއި، މި އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ
މޯލްޑިވްސް އެލްއެލްޕީއިން ކޮންފަރމްކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން
ކުރާ ތާއީދާއި, އަބަދުވެސް, އަދި ވަކީން ޚާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގުވާމީ ގާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ޚިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ޚަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުން ކަމަށެވެ.

މިނިސްޓްރީން ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކުން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ ‘ޑެބިޓު އެޑްވައިޒު’ ގެ ކޮޕީއާއި “އަންރުވާ ފޯރ ޕަލަސްތީން” އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ، ޖޭޕީ މޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްސީލް ބަޔާނާއެކު އާންމުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!