ފެންޑާ
އައިފޯނެއް އޮވޭ، ލަނީ ގޮޅިޖެހި ގަމީސް، ދުއްވަނީ ޖީ-އެން ސައިކަލެއް، ރީތިވެފައި ތައުރީފު ކުރޭ! ފިރިއަކަށް ވާން ކުފޫ ހަމަވީބާ؟

މިއީ މިޒަމާނުގެ އަންހެންކުދިންނަށް އެންމެ ކަމުދާ ވައްތަރެވެ. ލަނީ އަތްދިގު ގޮޅި ޖެހި ގަމީހެވެ. ގެންގުޅެނީ އެންމެ ފަހުގެ އައިފޯނެކެވެ، ދުއްވަނީ ޖީއެން ސައިކަލެކެވެ. ހުންނަނީ އަބަދުމެ ނަލަވެގެން ސެންޓު ބުރުވާލައި ގެންނެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ކޮންމެވެސް ހަދިޔާއެއް ގެނެސްދެއެވެ. ބަސްމޮށުންތެރިކަން އެހާ ފުރިހަމައެވެ. ވާހަކަދެއްކުމުގައި އިނގިރޭސިބަސްތައް ބޭނުންކޮށްލަނީ އެހާ ބްރިޓިޝް އެމެރިކަން މަހުރަޖަކުންނެވެ. ބައްދަލުވުމާއެކު ފުރަތަމަވެސް ބުނެލާނީ، “ވާހް، ހަނީ ހާދަ ރީއްޗޭ، ގޯޖަސް، ވޮންޑަފުލް، އެމޭޒިން…” މިފަދަ ކޮންމެވެސް ތައުރީފުގެ ބަސްތަކެކެވެ.

އެކަމަކު ސުވާލަކީ މިކަންކަން ފުރިހަމަވުމުން ކައިވެނިކޮށްގެން އެކުގައި އުޅޭ ފިރިމީހާއަށް ވުމަށް ކުފޫ ހަމަވީ ހެއްޔެވެ. ނޫނެކެވެ. އެހެނެއް ނުވާނެ ނޫން ހެއްޔެވެ، ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. އާއިލާ ކޮބައިތޯ ބަލަން ޖެހޭނެެއެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ކޮބައިހެއްޔެވެ. އެހާ ގިނަ ފަައިސާ ލިބެނީ ކޮންފަދަ ކަމެއް ކޮށްގެން ތޯ ބަލަން ޖެހޭނެއެވެ.

ކައިވެނި ކޮށްގެން ތިމާ ގެންގޮސް ވައްދާނެ ބޯ ހިޔާވައްސެއް އެބަހުރިތޯ ބަލަން ވާނެއެވެ.  ހަލާލު ގޮތުގައި ކާންދީ ބޯންދީ އުނުއޮރިޔާން ނިވާކޮށްދޭނެ ފަދަ ފެންވަރެއް ހުރިތޯ ދެނެގަންނަން ޖެހޭނެއެވެ. ކިތަންމެ ފައިސާ ހުއްޓަސް އެއީ ހަލާލު ގޮތުގައި ލިބޭ ފައިސާއަކަށް ނުވާނަމަ އެ ފައިސާއަކީ އަނގުރު އަލިފާންކަން ދަންނަން ވާނެއެވެ.  ހަރާމް ގޮތުގައި ހޯދާ މުދަލާއި ފައިސާ ބޭނުންކޮށްގެން ގަންނަ ކާބޯތަކެއްޗާއި އަންނައުނު ވާނީ ހަރާމް ތަކެއްޗެވެ. އެފަދަ ކާތަކެއްޗާއި އަންނައުނަކީވެސް އަނގުރުއަލިފާން ކަން ދަންނާށެވެ.

އަބަދު ނަލަވެ، ޗާލުވެގެން، ހަފަރާތުން ސެންޓުވަސް ބުރުވަމުން، އެންމެ ފަހުގެ ގޮޅި ޖެހި ގަމީހެއްގައި ޖީއެން ސައިކަލެއްގައި އައިފޯނެއް ހިފައިގެން އައިސް ހިނިތުންވެފައި ކިތަންމެ މޮޅު ވާހަކައެއް ދެއްކިއަސް އެއީ އަދި ރަނގަޅު ފިރިއަކަށްވުމުގެ ޝަރުތު ފުރިހަމަވީ ކަމަށް ނުވިސްނާށެވެ!

ކިތަންމެ ފޮނިބަސްތަކަކުން ކިތަންމެ ފުރިހަމަކޮށް ވާހަކަ ދައްކައި، ތައުރީފުކޮށް، ތާއަބަދު ހިނިތުންވެފައި ހުރެގެން ބައްދަލު ވިޔަސް އެއީ އަދި ރަނގަޅު ފިރިއަކަށް ކުފޫ ހަމަވީއޭ ހީނުކުރާށެވެ.

އެންމެ ފުރަތަމަ ކަމަކަށް، އުފާވެރި ކައިވެންޏަކަށް ތައައްޔާރުވުމުގައި އަމިއްލަ ނަފުސާމެދު ވިސްނުމާއި، ދިރިއުޅުމާއި ވަޒީފާއާމެދު ވިސްނުމާއި، އަމިއްލަ އަގު ވަޒަންކުރުން ހިމެނެއެވެ. އަމިއްލަ ނަފުސާ ދޭތެރޭ ހިތްހަމަޖެހުމަކީ ވެސް މުހިންމު ކަމެކެވެ.

ރަނގަޅު ފިރިމީހަކު ހޯދުމަށްޓަކައި، އަމިއްލަ ހުނަރުތައް އިތުރުކުރުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކެއްކުމާއި، މެހެމާންދާރީ އަދާކުރުމާއި، ގޭތެރޭގެ ކަންކަން ބެލެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާއި އަމިއްލަ މަގުސަދުތައް ކަނޑައެޅުމަކީ ވެސް މުހިންމު ކަންކަމެވެ.

ސަމާލުވާންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި، އަވަސްއަވަހަށް ފިރިހެނުންނާ ގާތްނުވުމާއި، ފިރިހެނާގެ ޚަބަރު ރަނގަޅަށް ބެލުން ހިމެނެއެވެ. ޚާއްޞަކޮށް، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދަ މީހަކާ ގުޅުން ބަދަހިވެއްޖެނަމަ، އެއީ ތިމާގެ ދިރިއުޅުން ބަރުބާދުވާނެ ކަމެކެވެ.

ަހަމައެކަނި ބޭރުފުށަށް ފެންނަ ސިފައާއި ޒަމާނާ ގުޅިގެން އަންނަ ޓްރެންޑް ސިފަތަކަކީ އެއްވެސް ހާލެއްގައި ހަގީގަތެއް ނޫނެވެ. އަދި އެއްވެސް ފައިދާއެއްވެސް އޮތް ކަމެއް ނޫނެވެ.

ރަނގަޅު ފިރިއެއް ހޯދުމަށް ކެތްތެރިވެ، އެދޭ ސިފަތައް ލިސްޓުކޮށް، ﷲ އަށް ދުޢާކުރުން މުހިންމެވެ. ދީންވެރި، ނަމާދުކުރާ ފިރިހެނުން ހޯދުމަށް އިސްކަންދޭންވާނެއެވެ. ކައިވެނީގެ އެންމެ އެކަށީގެންވާ ވަގުތާއި އުމުރުފުރައާ ބެހޭގޮތުން، 20 އަހަރުގައި ކައިވެނިކުރުމަކީ އެދެވޭ ކަމެއް ކަމަށް ބެލެވެއެވެ. 18 އަހަރުން ފެށިގެން ކައިވެންވެންޏާމެދު ވިސްނަން ފެށުން މުހިންމެވެ.

ރަނގަޅު ފިރިއަކު ހޯދުމުގައި މެދުމިނުގައި ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި، ރަނގަޅު ސިފަތައް ހަނދާން ކުރުން މުހިންމެވެ. ތިމާގެ ރަނގަޅު ސިފަތައް ނެރެދޭނެ، ތިމާއާ ދޭތެރޭ ހިތްހަމަޖެހޭ ފިރިއަކު ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. ބަލާލަން ކިތަންމެ ރީއްޗަސް އަދި ޒަމާނާ ގުޅޭ ސިފަތަކެއް ހުރެފައި ވާހަކަދައްކަން މޮޅުވިޔަސް އެވަރަކުން ނުފުދޭނެއެވެ،

އާއެކެވެ. ގޮޅި ޖެހި ގަމީހެއްގައި އައިފޯނު ހިފައިގެން، ޖީ އެން ސައިކަލެއްގައި، ވަރަށް ހުލްގު ހެޔޮ ރަނގަޅު އިންސާނަކު ވެސް ބައްދަލު ވެދާނެއެވެ. އެކަމަކު މި ޒަމާނުގައި މިއީ ވަރަށް މަދުން ނޫނީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ތިމާގެ ހަޔާތުގެ ބައިވެރިޔާ ހޮވުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. ހަމައެކަނި ބޭރުފުށުން ފެންނަ ސިފައަށް ބަލާފައި ގޮތް ނުނިންމާށެވެ!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!