މިއަހަރުގެ މިހާތަނަށް ގައިދީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް 210 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާފައިވާ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. މާފުށި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން ކ. ހިންމަފުށި ޑްރަގް ޓްރީޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައެވެ. މިނިސްޓްރީގެ ދީނީ ދަޢުވާ ސެކްޝަނުންނެވެ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ.
- މާފުށީ ޖަލުގައި 63 ޕްރޮގްރާމް،
- ހިންމަފުށި ޖަލުގައި 76 ޕްރޮގްރާމް،
- ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި 31 ޕްރޮގްރާމް އަދި
- ހުޅުމާލެ ޖަލުގައި 40 ޕްރޮގްރާމް ހިންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގައިދީން އަނބުރާ މުޖުތަމަޢަށް ނުކުންނައިރު، އެ މީހުންނަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ބަޔަކަށް ހެދުމަށް އެ ސަރވިސްއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ގައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް ހިމެނެއެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ގައިދީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ. މިފަދަ ޕްރޮގްރާމްތަކުން ގައިދީންގެ އަޚްލާޤާއި ސުލޫކު ރަނގަޅުވެ، މ މުޖުތަމައަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ރައްޔިތުންތަކަކަށް ވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.