ޚަބަރު
ބޮޑުކާމިޔާބެއް ހޯދި ބްލޮކްބަސްޓަރ ފިލްމު، ސަލްމާނާއި ޝާހުގެ ‘ކަރަންއަރުޖުން’ 30 އަހަރަށްފަހު އަނެއްކާވެސް ސްކްރީނަށް

ރާކޭޝް ރޯޝަންގެ ބޮލީވުޑް ކްލާސިކް ފިލްމު “ކަރަން އަރްޖުން” އަލުން ރިލީޒް ކުރުމަށް ތައްޔާރު ވަމުންދާކަން އިއުލާނު ކޮށްފި އެވެ.

މި ފިލްމު އަލުން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. މިއީ ފިލްމު ފުރަތަމަ ރިލީޒްކުރިތާ 30 އަހަރު ފަހުންނެވެ.

1995 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ބޮލީވުޑްގެ ސުޕަރ ސްޓާރުން ކަމުގައިވާ ޝާރުކް ޚާން އަދި ސަލްމާން ޚާން އެއްކޮށް ފުރަތަމަ ފަހަރަށް މަސައްކަތްކުރި ފިލްމެވެ. މީގެ އިތުރުން މި ފިލްމުގައި ރާކީ، ކަޖޯލް، މަމްތާ ކުލްކަރުނީ އަދި އަމްރިޝް ޕޫރީ ފަދަ ބޮޑެތި ތަރިން ވެސް ބައިވެރިވެފައިވެއެވެ.

ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު ރަކޭޝް ރޯޝަން މި ޚަބަރު އިއުލާނުކޮށްފައިވަނީ ފިލްމުގެ އައު ޓީޒަރެއް ހާމަކުރުމާއެކުގައެވެ. މި ޓީޒަރުގައި ފިލްމުގެ މަޝްހޫރު މަންޒަރުތަކެއް ދައްކާލާފައިވެއެވެ.

“ކަރަން އަރްޖުން” އަކީ އަލުން އުފަންވުމާއި ބަދަލުހިފުމުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރެވުނު އިރު ވަރަށް ބޮޑު ކާމިޔާބެއް ލިބި، އެ އަހަރުގެ އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނުނެވެ. އަދި 50 ހަފްތާއަށްވުރެ ގިނަ ދުވަހު 76 ސިނަމާއެއްގައި ދެއްކިއެވެ.

މި ފިލްމު އަލުން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހުރިހާ ‘ސިންގަލް ސްކްރީން’ އަދި ‘މަލްޓިޕްލެކްސް’ ސިނަމާތަކުގައި އަދި ބައިނަލްއަގުވާމީ ގޮތުން އެއްފަހަރާއެވެ. މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައި އެއްފަހަރާ އަލުން ރިލީޒް ކުރާ ފުރަތަމަ ފިލްމު ކަމުގައި ވެގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!