ޚަބަރު
ޖަލުތެރެއިން ސްކޭމް ކޯލްކުރާ މިންވަރު މަދު ކުރެއްވިއްޖެ، ޖިއޯ-ފެންސިންގއާއެކު ޖުމްލަ ހައްލެއް ލިބޭނެ

ޖަލު ތެރެއިން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މިހާރު މަދުކުރެވިފައިވާކަމަށާއި، ޖިއޯ-ފެންސިންގ ހަދައި ޖަލުތެރޭގައި ފޯނު ނުކުރެވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ޖަލު އޮފިސަރުން ޖަލަށް ފޯނު ވައްދާކަމުގެ ތުހުމަތުގައި ހިންގި ޙާއްސަ އޮޕަރޭޝަނުގެ ތެރެއިން ޤައިދީން ގެންގުޅުނު ގިނަ އަދަދެއްގެ ފޯނުތައް ނަގާފައިވާކަމަށެވެ. މީގެ ސަބަބުން ޖަލުތެރެއިން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“ޖަލުތެރެއިން ކުރާ ސްކޭމްކޯލްތައް މަދުކުރެވިފައިވީނަމަވެސް، ޖަލުތެރެއިން އެފަދަ އަމަލުތައް ހިންގުމުގެ ފުރުޞަތު ނުދިނުމަށް މުހިއްމު ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންގެންދަން,” ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖިއޯ-ފެންސިންގ ހަދައި ޖަލުތެރޭގައި ފޯނު ނުކުރެވޭގޮތަށް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ޖަލު އޮފިސަރުން ޖަލަށް ވަދެގެންދާއިރު އެއްވެސް ވަރަކަށް ސްކޭން ނުކުރާކަން ފާހަގަކުރެވުނު ކަމަށާއި، މިހާރު ޖަލައްވައްދާ ތަކެތި ދެނެގަތުމަށް ވަގުތީ މެޓަލް ޑިޓެކްޓަރެއް ހަރުކުރެވިފައިވާ ކަމަށެވެ. އަދި ޖަލަށް ފުލްބޮޑީ ސްކޭން މެޝިނެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި މިހާރު ކުރެވޭ މަސައްކަތްތަކާއެކު ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސްކޭމް ކޯލްތަކާއި ގުޅިގެން ފުލުހުންވެސް ޚާއްސަ ފިޔަވަޅުތަކެއް އަަޅަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. “މިހާރު ފުލުހުންގެ ޚިދުމަތުގައިވެސް ސްކޭމްގެ ކުށްތައް ހުއްޓުވަން ހުންނާނީ ފުލުހުންގެ ޚިދުމަތުގައި ޚާއްސަ ޑިޕާޓްމަންޓެއް ހަދާފައި. މިހާރު ސްކޭމްގައި ގެއްލޭ ފައިސާ ކުރިއަށްވުރެ އަވަހަށް ހޯދޭ,” ވަޒީރު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ސްކޭމުގެ މައްސަލަތަކުގައި 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް ތަފާތު އިދާރާތަކާއި، އެފަދަ ތަންތަނުން ހިންގާ މަޝްރޫޢުތަކާއި ޕްރޮމޯޝަންތަކުގެ އިތުރުން އެކި ހަރަކާތްތައް ހިންގުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމްކޯލްތައް ކުރާކަން ފާހަގަކުރެވެއެވެ.

ދާޚިލީ ވަޒީރުގެ މި ބަޔާނުން އެނގެނީ، ސަރުކާރުން ޖަލުތެރެއިން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާކަމެވެ. ޖަލުތެރެއިން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިފައިވުމާއެކު، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާކަން އެނގެއެވެ. ޚާއްސަކޮށް ޖިއޯ-ފެންސިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަލުތެރޭގައި ފޯނު ބޭނުންނުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ޖަލަށް ވަންނަ މީހުން ސްކޭންކުރުމަށް ވަގުތީ މެޓަލް ޑިޓެކްޓަރެއް ބޭނުންކުރަމުންދާކަމާއި، ފުލްބޮޑީ ސްކޭން މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެނގެއެވެ. މި ފިޔަވަޅުތަކަކީ ޖަލުތެރެއަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!