މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބް ކަމަށްވާ ތަޢުލީމީ ގުޅުމާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން މާދަމާ، ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭޕްމެއް ފެށުމަށް ނިންމައިފިއެވެ.
30 އޮކްޓޫބަރުން 31 އޮކްޓޫބަރާ ހަމައަށް ކުރިއަށްދާ މި ކޭމްޕް އޮންނާނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 18:45 އާ ހަމައަށެވެ. މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އޮންނާނެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މިއަދު ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަ މަޢުލޫމާތު ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. މި ސެންގައި، ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ވަނީ ޙިއްޞާކޮށްފައެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި މި ފަދަ ޙަރަކާތްތަކަކީ މުޖުތަމަޢުގެ ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ނުހަނު މުހިންމު ދައައުރެއް އަދާކުރާ ކަންކަމެވެ.