ޚަބަރު
ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އިތުބާރުގެ ބިންގާގެ މަތީގައި ބިނާ ކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއް: ރައީސް ޑރ މުއިއްޒު

ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އޮތީ ބަދަހި، ވަރުގަދަ ގުޅުމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ތުރުކީގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސް މުއިއްޒުގެ މެސެޖްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެކެވެ. އަދި ދެ ގައުމުގެ 45 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

“ޖިއޮގްރަފީ ގޮތުން ދެ ދެއުމުގެ ދެމެދުގައިވާ ރާސްތާ ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަންސަތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުރާ ފުރިހަމަވަމުން ދާނެކަމުގެ ޔަގީންކަން އެބައޮތް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!