ޚަބަރު
މާލޭ އަންހެނުންގެ ކޮމިޓީގެ ކަނބަލުންގެ ޤުރުއާން މުބާރާތާއި، ރަނި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން އިއުލާނުކޮށްފައިވާ ކަނބަލުންގެ ޤުރުއާން މުބާރާތާއި، ރަނި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނުތަކެއްގައި ވަނީ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަނބަލުންގެ ޤުރުއާން މުބާރާތާއި، ރަނި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައި ކުރިން ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު، ބޭނުންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ 7 ނޮވެމްބަރުގެ 14:00 އަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.

މާލެ ސިޓީއަށް ނިސްބަތްވާ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. މިއިން ކޮންމެ ގޮތްޕެއްގައި ވެސް  4 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 25 އަހަރާއި 35 އަހަރާ ދެމެދު، 36 އަހަރާއި 45 އަހަރާ ދެމެދު، 46 އަހަރާއި 55 އަހަރާ ދެމެދު އަދި 56 އަހަރުން މައްޗެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ކިޔެވުން ހޮވާނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން،  1 ވަނަ ، 2 ވަނަ  3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.

މީގެއިތުރުން ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ކިޔެވުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1 ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ.

ރަނި އެވޯޑަކީ މާލެ ސިޓީގެ 6 އަވަށަށް އަމާޒުކޮށް 18 ދާއިރާގައި ތިއްބެވި އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެން ކަނބަލުންނަށް ޚާއްސަކޮށް މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!