ޚަބަރު
މާދަމާ އިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސަށް އިސްކަން ދެވޭނެ: އެންސްޕާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ދަށުން ގައުމީ ނިޒާމް އާސަންދަ ސްކީމަށް ހެޔޮ ބަދަލުތަކެއް ގެނެސް، އިސްލާހު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޕްރައިވެޓް އިންޝުއަރެންސަށް އިސްކަން ދިނުމަށް ސަރުކާރުން ތައްޔާރު ވެއްޖެ އެވެ.

އެންސްޕާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން ސަރުކާރުގެ އަމިއްލަ ސިއްޙީ ޙިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއެރެންސް އޮންނަ ފަރާތެއްނަމަ ޕްރައިވެޓް އިންޝްއެރެންސަށް ފުރަތަމަ ބިލް ކުރާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށެވެ.

ޕްރައިވެޓް އިންޝްއެރެންސަށް ނަގާފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝްއެރެންސްއިން އެ ހިދުމަތް ކަވަރުނުކުރާނަމަ އެފަރާތްތައް މިހާރެކޭވެސް އެއްގޮތަށް އާސަންދައިން ހިދުމަތްދޭނެ ކަމަށާއި، މި ހިދުމަތް ދިނުމަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއެރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ބިލް ކުރުމުގައު ޕްރައިވްޓް އިންޝައުރެންސަށް އިސްކަންދެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި  އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓްގެ ހިދުމަތްވެސް ވަކިވަކިން ދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި ހިދުމަތް ރަނގަޅު ފެންވަރުގައި ދިނުމަށް ހިންގޭ އިޖްތިމާއީ ސިއްޙީ އިންޝުއެރެންސްގެ ގައުމި ނިޒާމް ދެމެހެއްޓެނވި ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތް ކަމަށްވެސް އެ ފަރާތުން ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!