ޚަބަރު
މިނިވަން ނޫސްވެރިކަމުގެ ނަމުގައި ދޮގުމައުލޫމާތު ފަތުރައި ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރަން: ހީނާ

ކުރިއަށް އޮތް 20 އަހަރު ދުވަހަށް ތައްޔާރުކުރާ ގައުމީ މާސްޓަ ޕްލޭންގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބާއްވާ ރަސްމިއްޔާތަށް ދެ މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ބުނެ އިދިކޮޅު ފިކުރުގެ ހަބަރުތައް ގެނެސްދޭ “އަދަދު” ނޫހުން ގެނައި ހަބަރެއް ދޮގު ކުރުމާއެކު، މިނިވަން ނޫސްވެރިކަމުގެ ދޮގުމައުލޫމާތު ފަތުރައި ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު, އިލްތިމާސް ކުރައްވައިފިއެވެ.

މާސްޓަޕްލޭންގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 6 ގައި ޒުވާނުންގެ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އިދިކޮޅު އެމްޑީޕީ ފަހަތުގައި އޮތް ކަމަށް ގިނަ ބަޔަކު ބުނާ “އަދަދު” ނޫހުން މިއަދު ގެނެސްދިން ހަބަރެއްގައިވާ ގޮތުން އެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ދެ މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް ބުނެފައިވެއެވެ. އަދި މިކަމަކީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ދިމާކޮށް ކުރާ އިސްރާފެއް ކަން ދޭހަވާ ގޮތަށް ހަބަރު ލިޔެފައިވެއެވެ.

ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ.

“ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުންވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި. މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ޤައުމުގައި ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން.” ހީނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 އަހަރު ދުވަހަށް އަމާޒުކޮށް ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާތީ އެ ޕްލޭން އެކުލަވާލުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ގައުމުގެ ތަރައްގީ ބައްޓަން ކުރެވިގެން ދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!