ޚަބަރު
މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ޕީއެސްއެމުން ވަކިކޮށްފި

ނޫސްވެރިންގެ އެވޯޑް ނައިޓްއަށްފަހު މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ޕީއެސްއެމުން ވަކިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމުން ބުނީ އެކުންފުނީގެ ޒިންމާދާރު މަގާމެއްގައ ހުންނެވި ފަރާތެއް އުސޫލާ އެއްގޮތް ނުވާ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެެވެ.

ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ޕީއެސްއެމުން ލައިވްކޮށް ދުރަށް ދައްކަމުންދިޔަހަފްލާގައި އެޑިޓޯރިއަލް ކޮންޓެކްޓާއި ޙިލާފަށް ނޫސްވެރިކަމުގެ އާންމު މިންގަޑާއި ޙިލާފު ވީޑިއޯއެއް އިންތިޒާމު ކުރި ފަރާތުން ދައްކާފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު “އަދަދު” ނޫހުން އުފެއްދި “ސްކީލާން” ޑޮކިއުމެންޓަރީ ވަނީ ނޮމިނޭޝަންވިއެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުމާއި އަބުރަށް ހުތުރުވާގޮތަށް ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް ކަމަށް ގިނަބަޔަކު ވަނީ ބުނެ ކަންބޮޑުވުންވެސް ފާޅު ކޮށްފައެވެ.

އަދި އެފަދަ ވީޑިއޯއެއް ޕީއެސްއެމްއިން ލައިވްކުރަމުންދިޔަ ކަވަރޭޖެއްގައި ދައްކާފައިވާއިރު ކުރިން ޕީއެސްއެމްއަށް އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ޕީއެސްއެމްއިން ބުނެއެވެ.

މީޑިއާ ކައުންސިލް ރައީސް މުސްތަފާއަކީ ޕީއެސްއެމްގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި ފަރާތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!