ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޭޕްރީލް 6 ވަނަ ދުވަހުގެރޭ ހަމަޖައްސައި 2025 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމް ކުރިއަށްދާނީ އޭޕްރީލް 6 އިން ފެށިގެން ޖުލައި 24 ގެ ނިޔަލަށެވެ. އަދި ފުރަތަމަ ޓާމުގެ ޓެސްޓް އޮންނާނީ ޖުލައި 5 އިން 19 އަށެވެ.
މީގެއިތުރުން ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް 10 އިން ޑިސެމްބަރު 25 ގައެވެ. އަދި ދެވަނަ ޓާމްގެ ޓެސްޓް އޮންނާނީ ޑިސެމްބަރު 6 އިން 20 ގެ ނިޔަލަށެވެ.
ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އެ އަހަރުގެ ޖެނުއަރީ 27 ގައެވެ.