ޚަބަރު
މަޑުޖެހުމެއްނެތި އޮޕަރޭޝަންތައް ކުރިއަށް، ނުގަވާއިދުން އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ހިންގި އިންސްޕެކްޝަންތަކެއްގައި ބިދޭސީންތަކެއް އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް
ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހު ވެސް ހުޅުމާލޭގައި އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީ 7 ފިރިހެނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން ބެލި ސަރަހައްދުތަކުގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިއަ 7 ބިދޭސީ ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި. އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ، ޑީޕޯޓުކޮށްލާފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މި އަހަރު 5,000 މީހުން ފޮނުވާލަން އަމާޒު ހިފާފައިވާއިރު، އޭގެތެރެއިން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅޭ 4,361 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިދިޔަ މަހުގައި ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!