ގިނައަދަދަކަށް ސިގިރޭޓް ތަކެއް ފިހާރައަކުން ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ 5:40 ގައި އޮލިމްޕިސް ކައިރީގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ޝައްކުކުރެވިގެން ބަލާ ޗެކް ކުރެވުނުއިރު މީނާ އަތުން ގިނައަދަދެއްގެ ސިގްރޭޓްތައް ފެނިފައިވާތީ ކަމަށެވެ. އެގޮތުން މީނާ ގެންގުޅުނު ކޮތަޅު ފާސްކުރެވުނުއިރު 67 ކާޓޫންގެ ސިގްރޭޓް ފެނިފައިވާ ކަމަށެވެ.
ފުލުހުނ މިހާތަނަށް ފުލުހުން ބެލިބެލުމުން އެއީ އޯޝަން ނެޝަނަލް ޕްރައިވެޓް ލިމިޓެޓް ފިހާރައިން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން އެގިފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ ހިރުދުމާގޭ އަހުމަދު ލުޖައިން 24 ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިމެދެން އޭނާ އަށް ވަނީ 5 ދުވަހގެ މުއްދަތެއް ޖަހާފައި ކަމަށެވެ. އެގޮތުން އޭނާ އެކުރި އަމަލު ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށެވެސް ފުލުހުން ވަނީ ބނެފައެވެ.

