ޚަބަރު
މިއީ ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތެއްގައި ރައީސަކު ބައިވެރިވެވަޑައިގެންނެވި ތަން ފެނުނު ފުރަތަމަ ފަހަރު: އިޙްސާން

މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކު ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ތަން ފެނުނު ފުރަތަމަ ފަހަރު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބާގައި އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ނަސްރުގެ ދުވަސް ފެށުމަށް ސިފައިން ބައިވެރިވެގެން އެއް ޖަމާއަތުގައި ކުރި ފަތިސް ނަމާދުގެ ޖަމާއަތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ކަން ފާހަގަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޙްސާން ވިދާޅުވީ އޭނާ ސިފައިންގޭގައި ޚިދުމަތް ކުރެއްވި 11 އަހަރާއި އޭގެފަހުން ފާއިތުވި 8 އަހަރުގައި ވެސް، މި ދެ ހަރަކާތުގައި ނުވަތަ ނަސްރު ދުވަހުގެ މުހިންމު ދެ ހަރަކާތެއްގައި
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކު ބައިވެރިވެވަޑައިގެންނެވި ތަނެއް ނުފެންނަ ކަމަށެވެ.

އެކަން ފާހަގަކުރައްވައި އިޙްސާން ވަނީ ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން

ރައީސް ޑރ. މުޢިއްޒު ވަނީ ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ވެސް ހުޅުވައިދެއްވައިފައެވެ. އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްސަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ސިފައިންގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މައުރަޒު ބައްލަވާލައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!