ޚަބަރު
ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ ފުލުހުން ރަނގަޅުކުރަންވީ ކަންތައް ދެނެގަތުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށާއި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރުކޮށް ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ވިލިމާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ނޮވެމްބަރު 2 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާލެ ޕޮލިސް ކޮމާންޑުގެ އިސްވެރިންނާއި ވިލިމާލޭގައި މަސައްކަތްކު ރާ ފުލުހުން ބައިވެރިވިއެވެ.

މި ހަރަކާތުގެ ތެރެއިން، މިހާރު އެންމެ ގިނައިން ހިންގަމުންދާ ސްކޭމްގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރި ވާންވީ ކަންކަން ބުނެދީފައިވެއެވެ. އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މި ވޯކް އެންޑް ޓޯކްގެ ބޭނުމަކީ ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ވިލިމާލޭގައި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!