ޚަބަރު
ޔާމީން ވަނީ ޕީޕީއެމް، ޕީއެންސީއަށް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ %90 ވަގަށް ނަގާފައި: ފަލާހް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދައުލަތުގެ ބަޖެޓުން އެ ދެ ޕާޓީއަށް ލިބުނު ފައިސާގެ %90 ވަގަށް ނަގާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދަ ތުހުމަތެއް ކުރެއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.

ފަލާހް ވިދާޅުވީ ޕީޕީއެމް އުފެދުނީއްދުރެ އެ ޕާޓީއަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ އެއް ޕާޓީ ކަމަށާއި، އަދި ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބޭ އެއް ޕާޓީގެ ގޮތުގައި ޕީޕީއެމް ހިމެނޭ ކަމަށެވެ. ނަމަވެސް ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއަށް ވަނީ ކިހިނެއްތޯ އޭރު ވެސް އަދި އަބަދުވެސް ސުވާލު އުފެދެމުންދިޔަ ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާއާއި އަދި އެކިއެކި ސިޔާސީ މަސައްކަތް ކުރަން ޕީޕީއެމްއަށް އަމިއްލަ ވިޔަފާރިވެރިންނާއި، އަދި އެ ނޫން ވެސް ފަރާތްތަކުން ދިން ވަރަށް ގިނަ އެހީތަކަށް ވީ ގޮތް ސާފުވެގެންދިޔައީި މީގެ އަހަރެއްހާ ދުވަސްކުރިން ކަމަށެވެ.

ރައީސް ޔާމީނަކީ ހަގީގަތުގައި އަޅުގަނޑުމެން ޕީޕީއެމްއަށް ވެސް ޕީއެންސީއަށް ވެސް އޭރު ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ %90 ވަގަށް ނަގައިގެން ކައިފަ ވީ އިއްޒަތްތެރި ރައީސް.

މީ އެއްގޮތަކަށް ވެސް މީހަކު ބުނީތީ ނުވަތަ ހީވާ ހީވުމަކަށް ދައްކާ ވާހަކައެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ޔާމީންގެ މައްސަލަތައް ފެންމަތިވީ އެމަނިކުފާނު ވެރިކަމުން ފައިބާވަޑައިގެންނެވި ފަހުން ކަމަށާއި، އެމްއެމްޕީއާރްސީގެ ވައްކަމޭ ކިޔާ ވައްކަމެއް އެމަނިކުފާނުގެ ސަރުކާރުން ހިންގި ކަމެއް ‘އަޅުގަނޑުމެން ޚިޔާލަށް ވެސް ނާދޭ’ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!