ޚަބަރު
އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ކުޑަހުވަދޫގައި ފަށަން ވަނީ ތައްޔާރުވެފައި: ދާހިލީ ވުޒާރާ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފަށަން ތައްޔާރުވެއްޖެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި މި ހިދުމަތް ފަށާ ދެވަނަ ފަހަރެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މައުލޫމާތު ދެއްވިގޮތުގައި، މި ހިދުމަތް ކުޑަހުވަދޫގައި މާދަމާގެ ވަގުތެއްގައި ފަށާނެއެވެ. އަދި މި ހިދުމަތް ފައްޓަވައިދެއްވާނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރެވެ. މި ހިދުމަތް ދޭން ފަށަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.

މީގެ ކުރިން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދެމުން އައީ ވެލާނާގެ ބިލްޑިންގގލްޑިންގގައި ހުންނަ ޑީއެންއާރުގެ އޮފީހުންނާއި ގއ. ވިލިނގިލީގައެވެ. ދާހިލީ ވުޒާރާއިން ބުނެފައިވަނީ އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކުން ހިދުމަތް ދިނުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ހިދުމަތް ކުޑަހުވަދޫގައި ފެށުމަކީ އެ ވައުދުފުޅު ފުއްދުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!