ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ސެންޓަރ ފޮރ ހަަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތް ރަސްމީކޮށް މިރޭ ހުޅުވައިދެއްވައިފިއެވެ.
ސީއެޗްއެސްއީއަކީ ގްރޭޑް 11، 12 އަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ކުރިން ހިންގި ހަމައެކަނި ސްކޫލެވެ.
މާލޭގެ ސީއެޗްއެސްއީގައި ކިޔަވައިދިނުން މެދުކަނޑައިލީ
ހުޅުމާލޭގައި ގްރޭޑް 11، 12 އަށް ކިޔަވަން އާ ސްކޫލެއް ބިނާކުރުމަށްފަހު މިދިޔަ ސަރުކާރުން ސީއެޗްއެސްއީގެ ނަމުގައި އެތަން ހުޅުވި ހިސާބުންނެވެ.
މާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން މި ސަރުކާރުން ނިންމީ މާލޭގައި އޭލެވެލްއަށް ކިޔަވައިދޭނެ ސަރުކާރު ސްކޫލެއް ނެތުމުން ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް އެކަމުގެ ދަތިކަން އިހުސާސްކުރަން ޖެހުމުންނެވެ.
މާލޭ ސީއެޗްއެސްއީ މިރޭ ރަސްމީކޮށް ހުޅުވި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު 01 ގައި އެ ތަނުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ.

މާލޭ ސީއެޗްއެސްއީ އިމާރާތް. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށި ނަމަވެސް، ހުޅުމާލޭގައި ވެސް އޭލެވެލްއަށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިިނިސްޓްރީން ވަނީ ނިންމާފައެވެ.